Roadha Mihaaru
ހަނިގޮތަކަށް މިފަހަރު ޔޫވީ އަތުން އީގަލްސް މޮޅުވެއްޖެ

ހަނިގޮތަކަށް މިފަހަރު ޔޫވީ އަތުން އީގަލްސް ސަލާމަތް ވެއްޖެ

08 ޖުލައި 2022

ދިވެހި ޕްރިމިއަ ލީގުގެ ތިންވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ކްލަބް އީގަލްސް 1-0 ން މޮޅުވެއްޖެ އެވެ.

ދިވެހި ޕްރިމިއަ ލީގުގެ ތިންވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ކްލަބް އީގަލްސް 1-0 ން މޮޅުވެއްޖެ އެވެ.

މިއީ މިފަހަރުގެ ލީގުގައި ޔޫވީ އަތުން އީގަލްސް މޮޅުވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ދެވަނަ ބުރުގައި ކުޅުނު މެޗު، ޔޫވީން ކާމިޔާބު ކުރީ 2-0 ންނެވެ. އަދި ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

މެޗުން މޮޅުވެ، ދެވަނައިިގައި އޮތް އީގަލްސް ވަނީ، އެއްވަނައިގައި އޮތް މާޒިޔާ އާ ފަސް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން މި ދެ ޓީމުގެ ދެމެދުގައި އަށް ޕޮއިންޓްގެ ބޮޑު ލިޑެއް އޮތެވެ. ރޭ ވެލެންސިއާ އާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 ންނެވެ. މާޒިޔާ އެއްވައިގައި އޮތީ 45 ޕޮއިންޓާއެކު އެވެ. އީގަލްސް އަށް 40 ޕޮއިންޓެވެ. ޔޫވީ އަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު އީގަލްސް އަށް ޖަހައިދިނީ އަބްދުﷲ ސަމީހް މޫސާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.

އީދު ބަންދުގެ ތެރޭގައި ވެސް ލީގުގެ މެޗުތައް ކުރިއަށް ގެންދާނެ އެވެ. ދެން މެޗެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޓީސީ އާ ދެކޮޅަށެވެ. އެ ރޭ ޔޫވީ އާއި ދަ ގްރާންޑޭ ބައްދަލު ކުރާނެ އެވެ.