03 މާޗް 2022
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ މެޗުން މޮޅުވާން ދަނިކޮށް ކްލަބް އީގަލްސްއިން މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑުން މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ މެޗުން މޮޅުވާން ދަނިކޮށް ކްލަބް އީގަލްސްއިން މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑުން މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޔޫވީން ވަނީ ވަރަށް ކުރީކޮޅު ލީޑް ނަގައިފަ އެވެ. އެޓީމުގެ ލަނޑު ޖެހީ އީވާން ވެރަސް އެވެ. މެޗުގެ ހަތްވަނަ މިނެޓްގައި އީގަލްސްގެ އޭރިއާގެ ބޭރުން ޔޫވީ އަށް ލިބުނު ހިލޭ ޖެހުން އަނަޓޮލީ ފޮނުވައިލުމުން އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހޯ އެބޯޅަ ދިފާއު ކުރުމުގެ ގޮތުން ބޯޅައިގައި އަތުން ވެސް ޖެހި އެވެ.
އޭނާގެ އަތުގައި ޖެހުނު ބޯޅަ ގޯލް ދަނޑި އަށް އަމާޒުވެ ރީބައުންސް ވެގެން ގޮސް އަނެއްކާ އަނެއް ދަނޑީގައި ޖެހިފައި ގޯލްގެ ކުރިމައްޗަށް ބޯޅަ ހުރަސްވި އެވެ. ގޯލް ލައިން މަތީގައި ހުރި އީވާން ވަނީ ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ޔޫވީ އާއި އީގަލްސް މިއަދު ކުޅުނު މެޗުގައި: އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހު ވަގުތު --- ފޮޓޯ: އެފްއޭއެމް
މެޗަށް ޔުނައިޓެޑް ވިކްޓަރީ ނުކުތީ އެޓީމުގެ ޒުވާން ފޯވާޑް އަހްމަދު ބައްސާމް ނައީމް (ބައްކު) ބާކީ ކުރުމަށް ފަހު އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ އަށް ލިބުނު އަނިޔާއާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އީގަލްސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އަލީ އަޒުވާން އަބްދުލް އަޒީޒު ޖެހީ އަބްދުﷲ ޒިޔާން ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އީގަލްސްއިން އުފެއްދި ހަމަލާގައި ހިޝާމް ސަލީމް އަށް އޭރިއާގެ ބޭރުން ލިބުނު ބޯޅަ އޭނާ އޭރިއާގެ އަރިމައްޗަށް ދިނީ ޒިޔާން ހުރުމުންނެވެ. ޔޫވީގެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ގޮސް އޭރިއާގެ އަރިމަތިން އަރައި ޒިޔާން ބޯޅަ ފޮނުވައި ލުމުގެ ބަދަލުގައި އޭނާ ދިނީ އަޒުޔާން އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ. ޔޫވީގެ ކީޕަރު އަހްމަދު އަނަފް ޒަރިޔަންދު ބޯޅަ އަށް ޑައިވް ކުރި ނަމަވެސް އޭނާ އަތުގައި އެބޯޅަ ލައްވައެއް ނުލި އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ހަނިގޮތަކަށް މިފަހަރު ޔޫވީ އަތުން އީގަލްސް މޮޅުވެއްޖެ
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި