ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް 439 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.
07 ޖުލައި 2022
ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް 439 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ވެންޗާ ކުންފުނި ކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ 439.9 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އެ މަޝްރޫއުގައި އަޅާ 400 ހައުސިން ޔުނިޓަކީ ވެސް 1000 އަކަފޫޓުގެ ޔުނިޓްތަކެކެވެ.
މިނިސްޓްރީން ބުނީ 11 ބުރިއަށް އިމާރާތްކުރާ އެތަނުގެ ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހުގެ ބޭނުމާއި ޕާކިން ޖާގަ ކަނޑައަޅާނެ ކަމަށެވެ. އެ އިމާރާތުގައި ދެ ލިފްޓް ހުންނާނެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އާ ހަވާލު ކޮށްފި. pic.twitter.com/ukpqOfeI2x
— Min.of National Planning, Housing & Infrastructure (@MoNPHImv) July 7, 2022
މިނިސްޓްރީން ބުނި ގޮތުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިންރޫމާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމް ހުންނާނެ އެވެ.
އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު އަލިކޮށް ޕާކެއް ހަދާނެ އެވެ.
ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއު ކުޅުދުއްފުށީގައި!
ކުޅުދުއްފުށީގައި 400 ފްލެޓް އަޅާނެ ބަޔަކު ހޯދަނީ
ފްލެޓް ހުރި މީހުންނަށް ނުލިބޭނެ ކަން އަންގަން ފަށައިފި
ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ޖާހުގެ އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި
18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ
މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޭން ފަށަނީ
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ