Roadha Mihaaru
މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސަކަށް މާހާ

މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސަކަށް މާހާ

06 ޖުލައި 2022

މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު، އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރު ޝެފް މަހާ ނަސީރު އަށް ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު، އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރު ޝެފް މަހާ ނަސީރު އަށް ލިބިއްޖެ އެވެ.

އެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފް، މާހާ ވަނީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީން ކަލިނަރީ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލް ކޮށްފަ އެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރަމުން އަންނަ ޝެފަކީ ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ.

އޭނާއަށް ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ލިބިފަ އެވެ. މަހާއަށް ލިބުނު "މާސްޓާ ޝެފް" ލަގަބަކީ ވެސް އެ ލިސްޓުގައި މިހާރު ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އޭނާ އަކީ ރާއްޖޭގައި މިހާރު ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރޭގައި ހިމެނޭ ޝެފެކެވެ.

ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީ އަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަަމަ އެކަނި ސޮސައިޓީ އެވެ. އަދި އެ ސޮސައިޓީ އަކީ 50 ގައުމެއްގެ 200 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ސޮސައިޓީ އެކެވެ.މިއީ ހާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުންގެ ސޮސައިޓީ އެކެވެ.