30 މެއި 2022
މި އަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސްގައި ބައިވެރިވުމަށް ޝެފްސް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އިން ޝެފުންގެ ޓީމެއް ޔޫއޭއީ އަށް ފުރައިފި އެވެ.
މި އަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސްގައި ބައިވެރިވުމަށް ޝެފްސް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އިން ޝެފުންގެ ޓީމެއް ޔޫއޭއީ އަށް ފުރައިފި އެވެ.
ސީޖީއެމުން ނެރުނު ނޫސްބަޔާނުގައި ބުނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ އެ ކޮންގްރެސްއަށް ރާއްޖެ ތަމްސީލުކުރުމަށް ސީޖީއެމްގެ ފަރާތުން ދިޔަ ޓީމުގައި އެ ޖަމިއްޔާގެ އިސްވެރިންނާ އެކު 32 ޝެފުން ބައިވެރިވި ކަމަށެވެ. މީގެތެރޭގައި ވަރަށް ޒުވާން ޝެފުން ވެސް ހިމެނޭ ކަމަށެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްއަކީ ކޮވިޑަށް ފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޝެފުން އެއްތާކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމާއި އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން ދަސްކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކޮންގްރެސްގައި 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.
ވޯލްޑް ޝެފްސް ކޮންގްރެސް 2018 ގައި ދުނިޔޭގެ އެކިހިސާބު ތަކުގެ ޝެފުން ބައިވެރިވަނީ ---ފޮޓޯ: ވޯލްޑް ޝެފްސް ކޮންގްރެސް ވެބްސައިޓް
މި ކޮންގްރެސްގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނު ކުރުމަށް ބާއްވާ "ކޮމްޕެޓިޝަން ސެމިނާ" އާއި ކެއްކުމުގެ އެކި ކަހަލަ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުން ބައިވެރިވާނެ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ކޮންގްރެސްގައި ދާއިރާގެ މާހިރުންގެ ވާހަކަތަކާއި ކަލިނަރީ ސްކޫލްތަކުގެ 'އެޑިއުކޭޓާސް ފޯރަމް' އަދި އެކި ފަންނު ތަކުގެ ޝެފުންގެ މެދުގައި އެންމެ މޮޅު ޝެފުން ހޮވުމަށް 'ވޯލްޑް ޝެފްސް ޗެލެންޖް' ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާން ޝެފުންނަށް ހާއްސަކޮށް ފޯރަމެއް ކުރިއަށް ދާނެ އެވެ.
ރާއްޖޭގެ ޓީމުން ދިޔަ ބައެއް ޒުވާން ޝެފުންގެ ދަތުރުގެ ހަރަދު ފިޔަވައި އެހެން ހުރިހާ ހަރަދެއް ސްޕޮންސާ ކޮށްފައިވަނީ ބެސްްޓް ބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ. އެ ކުންފުންޏަކީ ކަލިނަރީ ދާއިރާގެ ބައެއް މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށް ސަޕްލައި ކޮށްދޭ ބައެކެވެ. އަދި ޒުވާން ޝެފުންނަށް ކަލިނަރީ ކްލާސްތަކާއި ޓްރެއިނިންތައް ފަހިކޮށްދިނުމުގައި ވެސް ބީބީއެމް ފާހަގަކޮށްލެވެ އެވެ.
ސީޖީއެމްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އެންމެ ފުރަތަމަ އުފެއްދި، ހަމައެކަނި ނޮން-ޕްރޮފިޓް އެންޖީއޯ އެވެ.
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖަޖަކަށް ޝެފް މާހާ
ދިވެހި ރަހައެއް ބްރޭންޑަކަށް ހަދަން އެދިވަޑައިގެންފި
މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސަކަށް މާހާ
ޔޫއޭއީގެ އެންމެހަގު ޝެފްގެ ހުނަރު ރާއްޖޭގައި ދައްކާލަނީ
ވޯލްޑް ޝެފް ކޮންގްރެސް އަށް ޒުވާން ހަ ޝެފަކު ފޮނުވަނީ
ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެ އަށް ދެ މެޑަލް
އެންމެބޮޑު ކަލިނަރީ މުބާރާތުން ދިވެއްސަކަށް ރަން މެޑަލް
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް