25 ފެބުރުއަރީ 2018
ވަކިވަކި ޝެފުން ނުވަތަ ސިންގަލް އެންޓްރީ ޝެފުން ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ކަލިނަރީ މުބާރާތުން ދިވެހި ޝެފަކު ރަން މެޑަލެއް ހޯދައިފި އެވެ.
ވަކިވަކި ޝެފުން ނުވަތަ ސިންގަލް އެންޓްރީ ޝެފުން ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ކަލިނަރީ މުބާރާތުން ދިވެހި ޝެފަކު ރަން މެޑަލެއް ހޯދައިފި އެވެ.
ރާއްޖޭގެ ޝެފްސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 18-22 އަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި މުބާރާތުން ރަން މެޑަލް ހޯދީ ބަރޮސް އައިލެންޑް ރިސޯޓުގެ ޝެފް އިބްރާހިމް ނާތިފް ކަމަށެވެ. އޭނާ އަށް ރަން މެޑަލް ލިބުނީ "ހޮޓް ކުކިން ބީފް" އިންނެވެ. އޭގެ އިތުރުން "ހޮޓް ކުކިން ސީފުޑް"ގެ ބައިން މެރިޓެއް ވަނީ ލިބިފަ އެވެ.
"ދަ އެމިރޭޓްސް ކަލިނަރީ ގިލްޑް އިންޓަނޭޝަނަލް ސެލޮން ކުލިނައާ"ގެ ނަމުގައި ބޭއްވި މުބާރާތުން، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ޝެފް އިބްރާހިމް ނައީމަށް ވަނީ ބްރޯންޒް މެޑަލެއް ލިބިފަ އެވެ. އޭނާ އަށް ބްރޯންޒް މެޑަލް ލިބުނީ "ހޮޓް ކުކިން ސީފުޑް"ގެ ބައިން ނެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޝެފް ޔޫސުފް ނާސިމް އަށް ވަނީ "ހޮޓް ކުކިން ބީފް އެންޑް ޗިކަން"ގެ ބައިން މެރިޓެއް ލިބިފަ އެވެ.
މެޑަލް ހޯދި ތިން ޝެފުން ރާއްޖެ އައުމުން މަރުހަބާ ކިޔަނީ.
ޝެފްސް ގިލްޑް އޮގް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި ބައިވެރިވި ތިން ޝެފުންނަކީ ވެސް މިދިޔަ އަހަރު މާލޭގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި ވާދަކުރި ޝެފުންގެ ތެރެއިން އެންމެ ގިނަ ވަނަތައް ހޯދި ޝެފުން ކަމަށެވެ. އެފްއެޗްއޭއެމްގެ މުޅި މުބާރާތުން އެއް ވަނަ ހޯދާފައިވަނީ ޝެފް ނާތިފް އެވެ.
ދުބާއީގައި ބޭއްވި މުބާރާތުގައި ދިވެހި ޝެފުން ރަން ވަނަތަކެއް ހޯދި އިރު، އެ މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 3،000 ވުރެ ގިނަ ޝެފުން ބައިވެރިވި އެވެ. ޖުމްލަ 29 ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވި މުބާރާތް އިންސާފުކުރީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް އެންޑް ސޮސައިޓީސް (ވެކްސް)ގެ 30 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެލަނަކުންނެވެ. އެ ޕެނަލުގައި ދުނިޔޭގެ މަޝްހޫރު ކަލިނަރީ ޖަޖުން ހިމެނެ އެވެ.
މީގެ ކުރިން ވެސް ދިވެހި ޝެފުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތަކެއް ހޯދާފަ އެވެ. އަދި އެފްއެޗްއޭއެމްގައި ބާއްވާ ކަލިނަރީ ޗެލެންޖަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ރާއްޖެ އައިސް ބައިވެރިވާ، މި ސަރަހައްދުގެ އެންމެ ބޮޑު އެއް މުބާރާތެވެ.
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖަޖަކަށް ޝެފް މާހާ
ދިވެހި ރަހައެއް ބްރޭންޑަކަށް ހަދަން އެދިވަޑައިގެންފި
450 ޝެފުންނާއެކު ކަލިނަރީ ޗެލެންޖު ފަށައިފި
ވޯލްޑްޝެފްސް ކޮންގްރެސްގައި ރާއްޖޭގެ ޝެފުން ބައިވެރިވަނީ
ވޯލްޑް ޝެފް ކޮންގްރެސް އަށް ޒުވާން ހަ ޝެފަކު ފޮނުވަނީ
ކަލިނަރީ އޮލިންޕިކްސްގެ ގިނަ އެވޯޑުތައް އާރަށަށް
ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެ އަށް ދެ މެޑަލް
460 ޝެފުންނާ އެކު ކަލިނަރީ ޗެލެންޖް ފަށައިފި
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް