Roadha Mihaaru
ވޯލްޑް ޝެފް ކޮންގްރެސް އަށް ޒުވާން ހަ ޝެފަކު ފޮނުވަނީ

ވޯލްޑް ޝެފް ކޮންގްރެސް އަށް ބީބީއެމް އިން ޒުވާން ހަ ޝެފަކު ފޮނުވަނީ

22 މާޗް 2022

ހޮސްޕިޓާލިޓީ އާއި ކަލިނަރީ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ އިވެންޓް "ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022" ގައި ރާއްޖޭގެ ޝެފުންގެ ޓީމެއް ބައިވެރިވާނެ ކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހޮސްޕިޓާލިޓީ އާއި ކަލިނަރީ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ އިވެންޓް "ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022" ގައި ރާއްޖޭގެ ޝެފުންގެ ޓީމެއް ބައިވެރިވާނެ ކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނެފި އެވެ.

އަބޫދާބީގައި މެއި 30 އިން ޖޫން 2 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި އިވެންޓުގައި ރާއްޖޭން ބައިވެރިވާ ޝެފުންގެ ކަންކަން ހަމަޖައްސާދެނީ ބެސްޓްބައި މޯލްޑިވްސްއިންނެވެ. މި އިވެޓުގައި ރާއްޖޭގެ 20 ޝެފުންނާއި ހޮސްޕިޓާލިޓީ ދާއިރާއިން ކިޔަވަމުން އަންނަ ހަ ދަރިވަރުން ބައިވެރިވާނެ އެވެ.

ދުނިޔޭގެ ޝެފުންގެ ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) އިން ބާއްވާ ކޮންގްރެސްގައި 110 ގައުމަކުން 5،000 ޝެފުން ބައިވެރިވާނެ އެވެ. ހަތަރު ދުވަހަށް ކުރިއަށްގެންދާ މި ބޮޑު އިވެންޓުގައި ގިނަ ކަންތައްތަކެއް ރާވާފައިވެ އެވެ. އޭގެ ތެރޭގައި ދާއިރާގެ އެންމެ މަޝްހޫރު ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި ކަލިނަރީ އެކި މުބާރާތްތައް ވެސް ކުރިއަށްދާނެ އެވެ.

މި އިވެންޓުގެ ތެރެއިން ކެއްކުމުގެ ދާއިރާއަށް އަންނަ އެކި އިންގިލާބީ ބަދަލުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

ރާއްޖެއިން އެންމެ ފަހުން ވޯލްޑް ޝެފްސް ކޮންގްރެސްގައި ބައިވެރިވެފައިވަނީ 2019 ވަނަ އަހަރު އެވެ. ރާއްޖެއިން އަންނަނީ ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ބައިވެރި ވަނަތައް ހާސިލުކުރަމުންނެވެ. އެގޮތުން ސިންގަޕޫރާއި ހޮންގްކޮންގް އާއި ސީޝެލްސް ފަދަ ގައުމުތަކުގައި ބޭއްވި މުބާރާތްތަކުން ދިވެހި ޝެފުން ކާމިޔާބީ ހާސިލުކޮށްފައިވެ އެވެ.