Roadha Mihaaru
ޗައިނާގެ މުބާރާތަކުން ދިވެހި ޝެފުންނަށް ރަން ވަނަތަކެއް

ޗައިނާގެ ކެއްކުމުގެ މުބާރާތަކުން ދިވެހި ޝެފުންނަށް ރަން ވަނަތަކެއް

28 ނޮވެމްބަރ 2016

ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި "ސީސީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖު"ގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމުން ރަން ވަނަތަކެއް ހާސިލްކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި "ސީސީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖު"ގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމުން ރަން ވަނަތަކެއް ހާސިލްކޮށްފި އެވެ.

މި މަހުގެ 17 - 27 އަށް ބޭއްވި މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރީ ޝެފް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުން ބައިވެރިވި ހަތަރު ޝެފުންނެވެ. އެއީ ސޮނެވާފުށި ރިސޯޓުގެ އަބްދުﷲ ސަބާހާއި ބަނޑޮސް އައިލެންޑް ރިސޯޓުގެ އަހުމަދު ފަތީނާއި ހުޅުލޭ އައިލެންޑް ހޮޓެލުގެ މުހައްމަދު ނިޔާޒް އަދި ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ޔޫސުފް ނާސިމެވެ.

ސީޖީއެމް އިން ނެރުނު ބަޔާނެއްގައި ވާ ގޮތުގައި މި މުބާރާތް ބާއްވާފައި ވަނީ ޓިމް އިވެންޓުތަކެއްގެ ގޮތުގައި އެވެ. އެގޮތުން ސޫޒޫ ސިޓީގެ މަޝްހޫރު ހޮޓާތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ ޝެފުންގެ ނުވަ ޓީމަކާއި ނުވަ ގައުމެއްގެ ޓީމުތައް ހިމެނޭ ގޮތަށް، ޖުމްލަ 18 ޓީމު ވާދަކުރި ކަމަށް ސީޖީއެމް އިން ބުނެ އެވެ.

ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި ސީސީީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖުގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމު: މި މުބާރާތުގައި އެކި ގައުމުތަކުގެ ޝެފުން ހިމެނޭ 18 ޓީމުން ބައިވެރިވި.-- ފޮޮޓޯ: ޝެފް ގިލްޑް އޮފް މޯލްޑިވްސް

ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި ސީސީީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖުގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމު: މި މުބާރާތުގައި އެކި ގައުމުތަކުގެ ޝެފުން ހިމެނޭ 18 ޓީމުން ބައިވެރިވި.-- ފޮޮޓޯ: ޝެފް ގިލްޑް އޮފް މޯލްޑިވްސް

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިޓަލީ، އިންޑިއާ، މިޔަންމާ އަދި ތުރުކީ ފަދަ ގައުމުތަކުން ބައިވެރިވެފައިވާ އިރު، އެކި ގައުމުތަކުގެ ކެޓަގަރީން ދިވެހި ޓީމުން ވަނީ ދެވަނަ ހާސިލްކޮށްފައި އެވެ. އަދި މުޅި މުބާރާތުން ރާއްޖެ ވަނީ ތިން ވަނަ ހޯދާފައި އެވެ.

ސީޖީއެމް އިން ބުނި ގޮތުގައި މި މުބާރާތުގެ ރިކޯޑިން އަންނަ އަހަރުގެ ސްޕްރިންގެ ފެސްޓިވަލްގައި ޗައިނާގެ އެންމެ ބޮޑު އެއް ޓީވީ ނެޓްވޯކް ކަމަށްވާ ސީސީޓީވީ2 އިން ދައްކާނެ ކަމަށެވެ. އަދި އެ ނޫން ވެސް ޗައިނާގެ ބޮޑެތި ޓީވީ ޗެނަލްތަކުގައި މި މުބާރާތުގެ ރިކޯޑިން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

ސީޖީއެމްގެ ފަރާތުން ދިވެހި ޝެފުންނަށް ބޭރު ގައުމުތަކުގައި ބާއްވާ ކެއްކުމުގެ މުބާރާތްތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދެ އެވެ. އެގޮތުން، މިއަހަރު އޭޕްރިލް މަހު ސިންގަޕޫރުގައި ބޭއްވި "ފުޑް އޭޝިއާ 2016 - އެފްއެޗްއޭ ކަލިނަރީ ޗެލެންޖް" ގައި ވެސް ދިވެހި ޝެފުންގެ ޓީމެއް ބައިވެރިވެ، ސިލްވާ އަދި ބްރޯންޒް މެޑަލް އެއް ވަނީ ހާސިލްކޮށްފައި އެވެ.