Roadha Mihaaru
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި

ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިއާ ޝެފް ޗެލެންޖުގެ ޖަޖަކަށް

30 އޯގަސްޓް 2024

ދިވެހި މާސްޓާ ޝެފް، މަހާ ނަސީރު ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ޖޫނިއާ ޝެފް ޗެލެންޖް 2024 ގައި ފަނޑިޔާރުކަން ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި މާސްޓާ ޝެފް، މަހާ ނަސީރު ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ޖޫނިއާ ޝެފް ޗެލެންޖް 2024 ގައި ފަނޑިޔާރުކަން ކޮށްފި އެވެ.

ވޯލްޑް ޖޫނިއާ ޝެފް ޗެލެންޖަކީ ބައިނަލްއަގުވާމީ ޝެފް ޖަޖުން ބައިވެރިވާ، 12 ގައުމެއްގެ ޝެފް ޓީމުތަކާއި ތައިލެންޑުގެ ހަތަރު ޓީމެއް ވާދަކުރާ މުބާރާތެކެވެ. ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އާއި ދެކުނު ކޮރެއާ އާއި މޮންގޯލިއާ އާއި ކެމްބޯޑިއާ އާއި ވިއެޓްނާމާއި އިންޑޮނޭޝިއާ އާއި ޗައިނާ އާއި އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެ އެވެ.

މަހާއަކީ މާސްޓާ ޝެފެއްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސެވެ. ކްރިއޭޓިވް ކަލިނަރީން، ކަލިނަރީ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލްކޮށް، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްޓެރީ ޖެނެރަލްގެ މަގާމު ވެސް އޭނާ އަދާކުރި އެވެ. އޭނާއަކީ ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. އަދި ރާއްޖޭގައި މިހާރު ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރޭގައި ވެސް ހިމެނޭ ޝެފެކެވެ.

މާސްޓާ ޝެފް މަހާ ނަސީރު، ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖުގައި ބައިވެރިވާ އެހެން ޝެފުންނާ އެކު.

މާސްޓާ ޝެފް މަހާ ނަސީރު، ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖުގައި ބައިވެރިވާ އެހެން ޝެފުންނާ އެކު.

މަހާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެމްއެމްޕީއާރުސީގެ ބޯޑް މެމްބަރެއްގެ ގޮތުގަ އެވެ.

މީގެ ކުރިން މަހާ ވަނީ ހުޅަނގުގެ އެންމެ މަތީ ފަންތީގެ ޝެފުންނާ އެކު ގްލޯބަލް ޝޯއެއްގައި ވެސް ފަނޑިޔާރުކަން ކޮށްފަ އެވެ. އެއީ މިދިޔަ އަހަރު އިޓަލީގެ ރިމިނީގައި ބޭއްވި "ގްލޯބަލް ޝެފް ޗެލެންޖް"ގަ އެވެ. ޔޫރަޕުގެ 40 ޓީމެއްގެ ޝެފުން ވާދަކުރި އެ މުބާރާތުގެ ސެމީ ފައިނަލްގައި އޭނާ ފެނުނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފުން ހިމެނުނު ފަނޑިޔާރުންގެ ޕެނަލުގަ އެވެ