09 އޮކްޓޯބަރ 2022
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖު 450 ޝެފުންނާއެކު މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖު 450 ޝެފުންނާއެކު މިއަދު ފަށައިފި އެވެ.
ހޮޓެލް އޭޝިއާ އެގްޒިިބިޝަނުން އިންތިޒާމުކުރާ އެ ޗެލެންޖުގައި ކޮންމެ އަހަރަކު ވެސް 500 އާ ގާތްކުރާ އަދަދަކަށް، ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ޝެފުން ބައިވެރިވެ އެވެ. މި އަހަރު 60 ރިސޯޓަކުން 14 ގައުމެއްގެ ޝެފުން ބައިވެރިވި އެވެ. ކައްކަން ދަސްްކުރުމަށް އެމްއެންޔޫގައި ކިޔަވާ ބައެއް ދަރިވަރުން ވެސް މި އަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެ އެވެ.
މުބާރާތަށް ތައްޔާރުކޮށްފައިވާ ޑެޒާޓެއް. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އަހަރުގެ ކަލިނަރީ ޗެލެންޖު ވެސް ޑިޒައިން ކޮށްފައި ވަނީ ބައިވެރިންނަށް ތަފާތު އެކި ކެޓަގަރީތަކުގެ ޗެލެންޖުތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެކި ވައްތަރުގެ "ހޮޓް ކުކިން" ޗެލެންޖުތަކެވެ.
މި އަހަރުގެ މުބާރާތުގައި ޓީމު ޗެލެންޖާއި މޭވާ އާއި ތަރުކާރީ ކަނޑައިނަގައިގެން ފަންނީ ހުނަރު ދައްކައިލުމުގެ ޗެލެންޖެއް ވެސް ހިމެނެ އެވެ. އެކި ކަހަލަ ޑެޒާޓުގެ ބާވަތްތައް ތައްޔާރު ކުރާ ތިން ޗެލެންޖަކާއި ޓީ-ޗެލެންޖަކާއި އައިސްޑް މޮކްޓެއިލް ޗެލެންޖެއް ވެސް މި އަހަރު އޮވެ އެވެ.
ކަލިނަރީ ޗެލެންޖުގެ ޕްރޮޖެކްޓް ޑައިރެކްޓަރު އަދި އިސް ފަނޑިޔާރެއްގެ ގޮތުގައި އުޅުއްވާ ޝެފް ޕާމާ ވިދާޅުވީ، މި އަހަރު ގިނަ ޝެފުންތަކެއް އެއް ކެޓަގަރީ އަށް ވުރެ ގިނަ ކެޓަގަރީގައި ވާދަކުރާ ކަމަށެވެ. އޭގެ ނަތީޖާއަކީ މުބާރާތުގެ ފޯރި ގަދަވުން އޭނާ ވިދާޅުވި އެވެ.
"މި އަހަރު ޖުމްލަ 658 ޑިޝްއެއް މި މުބާރާތުގައި ހުށަހާނެ. ގިނަ ޝެފުންތަކެއް އެއް ކެޓަގަރީ އަށް ވުރެ ގިނަ ކެޓަގަރީގައި ވާދަކުރަން ނިންމުމަކީ އުފާކުރާ ކަމެއް. މި އަހަރު ރުކީ ޖަޖުންގެ ގޮތުގައި އެންމެ ޖަޖެއް ފިޔަވައި ތިބީ ދިވެހި ޝެފުން. އެހެންވީމާ ކުރިއަށް އޮތް ތާނގައި ޖަޖިންގަ ވެސް އިސްކޮށް ދިވެހި ޝެފުން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރަނީ ވޯލްޑް ޝެފް އެސޯސިއޭޝަނުގެ ސެޓިފައިޑް 24 ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އޭގެ ތެރޭގައި ކުރީ އަހަރުތަކުގައި އެ މުބާރާތުގެ ފަނޑިޔާރުކަން ކުރި މީހުން ވެސް ހިމެނެ އެވެ. މި އަހަރު ރުކީ ޖަޖުންގެ ގޮތުގައި 8 ދިވެހި ޝެފުން ބައިވެރިވެ އެވެ.
މި އަހަރުގެ ކަލިނަރީ ޗެލެންޖު އޮންނާނީ ހަތަރު ދުވަހަށެވެ. އެ ފޯރި ގަދަ ޗެލެންޖު އެމްއެންޔޫގައި އޮންނައިރު، ހޮޓެލް އޭޝިއާ އެގްޒިބިޝަން މާދަމާ ދަރުބާރުގޭގައި ފަށާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފެއާ، ހޮޓެލް އޭޝިޔާ ހުޅުވައިފި
460 ޝެފުންނާ އެކު ކަލިނަރީ ޗެލެންޖް ފަށައިފި
ކަލިނަރީ ޗެލެންޖާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށަނީ
އެންމެބޮޑު ކަލިނަރީ މުބާރާތުން ދިވެއްސަކަށް ރަން މެޑަލް
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް
ކަލިނަރީ ޗެލެންޖުން ވަނަ ހޯދި މީހުން ހޮންކޮންގަށް
އެންމެ މޮޅު ދިވެހި ޝެފުގެ މަގާމަށް ބަނޑޮހުގެ ފަތީން
ކަލިނަރީ ޗެލެންޖު: ދިވެހި ކައްކާއިންނަށް ބޮޑު އީދެއް
ކަލިނަރީ އެގްޒެބިޝަނަށް ތައްޔާރުވާ ކުލާސްތައް ފަށައިފި
ކެއްކުމުގެ ކުލާހެއް މަޝްހޫރު ޝެފް ކްލޮޓްޒްކް ނަގައިދެނީ