Roadha Mihaaru
ޔޫއޭއީގެ އެންމެހަގު ޝެފްގެ ހުނަރު ރާއްޖޭގައި ދައްކާލަނީ

އީދުގައި ޔޫއޭއީގެ އެންމެ ހަގު ޝެފްގެ ހުނަރު ރާއްޖޭގައި ދައްކާލަނީ

20 ޖޫން 2022

މި އަންނަ ބޮޑު އީދާ ދިމާކޮށް ޔޫއޭއީގެ އެންމެ ހަގު ޝެފްގެ ހުނަރު ރާއްޖޭގެ ރިސޯޓެއްގައި ދައްކާލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަންނަ ބޮޑު އީދާ ދިމާކޮށް ޔޫއޭއީގެ އެންމެ ހަގު ޝެފްގެ ހުނަރު ރާއްޖޭގެ ރިސޯޓެއްގައި ދައްކާލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޔޫއޭއީގެ ޚަބަރުތައް ގެނެސްދޭ ޚަލީޖު ޓައިމްސްގައި ބުނީ އެ ގައުމުގެ އެންމެ ހަގު ޝެފް ކަމަށްވާ، 13 އަހަރު އައިޝާ އަލް އޮބެދުލީ އޭނާގެ ހުނަރު ދައްކާލާނީ ޖޭޑަބްލިއު މަރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ކަމަށެވެ. އައިޝާގެ ހުނަރު ދައްކާލީ އެ ރިސޯޓްގެ ދިވެހި ޝެފް، އައިމިނަތު އަބްދުލް ރަޝީދުއާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

އެ އިވެންޓަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު އެކެއްގައި، އަރަބި އަދި ދިވެހި ކެއުންތައް ލިބޭ ފެއާއެއް އެ ރިސޯޓްގައި ބާއްވަން ނިންމާފައިވެ އެވެ.

"ޝެފް އައިޝާއާ އެކު ޓީމް އަޕްވެ، ދިވެހި ޝެފްއަކާ ގުޅިގެން އީދުގައި ވަރަށް ތަފާތު މެނޫއެއް ގެނެސްދޭ އަހަރެމެން މި ތިބީ ވަރަށް އުފާވެފައި،" އެ ރިސޯޓްގެ އެގްޒެކެޓީވް ޝެފް ބުންޏެވެ.

"މިއީ އަހަރެމެންގެ މެހުނާމުންނަށް ދެ ގައުމުގެ ކެއުންތަކުގެ ސަގާފަތް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް."

އެ ނޫހުގައި ބުނީ، އަންނަ މަހު 2 އިން 12 އަށް އެ ރިސޯޓްގައި، ޝެފް އައިޝާ އާއި އައިމިނަތު ކައްކާ އަރަބި-ދިވެހި ފިއުޝަން މެނޫގެ ކެއުންތައް އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް ލިބޭނެ ކަމަށެވެ.

ޓޫރިސްޓުންގެ ގޮތުގައި އެ ރިސޯޓަށް ދާ ކުޑަކުދިންނަށް، ޝެފް އައިޝާއާ އެކު، ކައްކާ ކުލާހެއް ވެސް ބާއްވާނެ ކަމަށް ވެސް ބުންޏެވެ.

އައިޝާ އަކީ ދޫބާއީގެ އިންޓަނޭޝަނަލް ސެންޓަ ފޯ ކަލްނަރީ އާޓްސްގެ ދަރިވަރެކެވެ. އޭނާގެ އިންސްޓަގްރާމްގައި 125،000 ވުރެ ގިނަ ފޮލޯވާސް ތިބޭއިރު، 2018 ވަނަ އަހަރު އޭނާ ވަނީ ޔޫއޭއީގެ ކައްކާ މުބާރާތެއް ކަމަށްވާ "ކިޑްޒަނިއާސް މިނީޝެފް" ކާމިޔާބުކޮށްފަ އެވެ. ޔޫއޭއީގެ އެންމެ ހަގު ޝެފްގެ ލަގު އޭނާ އަށް ލިބުނީ އެ މުބާރާތުން މޮޅުވުމުންނެވެ.