Roadha Mihaaru
އަބޫ ދާބީގައި ވެސް "ދިވެހިރާއްޖެ"

އަބޫ ދާބީގައި ވެސް "ދިވެހިރާއްޖެ"

28 މެއި 2016

"މޯލްޑިވްސް" އަކީ ޓޫރިޒަމްގެ އެންމެ މޮޅު އެއް ބްރޭންޑެވެ. އެންމެ ތަފާތު އެއް ބްރޭންޑެވެ. އެހެންވެ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބީން ފައިދާ ނަގައިގެން އެހެން ބައެއް ގައުމުތަކުގައި ޓޫރިޒަމާ ގުޅުން ހުރި ހިދުމަތްތައް ޕްރޮމޯޓްކުރެ އެވެ. ރާއްޖޭގެ ރަށްތަކާ އެއްގޮތަށް ސައުތު ޗައިނާ ސީގައި ރަށްތަކެއް ހަދައި ޓޫރިޒަމަށް ހުޅުވާލަން ތައްޔާރުވަމުން ދާއިރު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަބޫ ދާބީގައި މިހާރު ދަނީ "މޯލްޑިވްސް" ގެ ގޮތުގައި ރިސޯޓެއް ތަރައްގީކޮށް ޓޫރިސްޓުންނަށް ވިއްކަމުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގެ ރަށަކާ އެއްގޮތަށް ހަދާފައިވާ އަބޫ ދާބީގެ ރަށުގެ ނަމަކީ "ޒަޔާ ނޫރާއީ އައިލެންޑް" އެވެ. އެ ރަށް ހިންގާ ޒާޔާ ހޮސްޕިޓާލިޓީގެ ފަރާތުން ސައޫދީ ގެޒެޓް އަށް ވާހަކަ ދެއްކެވި މާކެޓިން ޑިރެކްޓަރު އިލޫދީ ޕަޓޭލް ވިދާޅުވެފައި ވަނީ އެއީ އަބޫ ދާބީގައި އޮތް ދިވެހިރާއްޖެ އެއް ކަމަށެވެ. އެ ރަށުން ދިވެހިރާއްޖޭގެ ރަށަކުން ކުރެވޭ ތަޖުރިބާ ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނޫރާއީ އައިލެންޑް

ނޫރާއީ އައިލެންޑް

ނޫރާއީ އައިލެންޑްގައި 32 އަލްޓްރާ ލަގްޒަރީ ބުޓީކް ބީޗް ވިލާ ހުރެ އެވެ. އަދި 12 ވޯޓާ ވިލާ ބީޗް ހައުސްތައް ހުންނަ އިރު ކޮންމެ ތަނެއްގައި ޕްރައިވެޓް ޕޫލް ހަދާފައިވެ އެވެ.

ނޫރާއީ އައިލެންޑުގެ މޫދު ކޮޓަރިއެއް

ނޫރާއީ އައިލެންޑުގެ މޫދު ކޮޓަރިއެއް

"މިތަނަށް އައިސް ކަމެއް ނުކޮށް ތިއްބަސް ހިތްހަމަޖެހޭނެ. ނޫނީ ހަފުތާއެއް ވަންދެން ކުޅޭނެ ކުޅިވަރު ވެސް ހުންނާނެ. ރަށުގައި ހިންގާ ހަރަކާތްތައް އަބަދުވެސް މި ދަނީ ބަދަލުކުރަމުން. ދާދިފަހުން ވާނީ ބައިސްކަލް ވެސް ތައާރަފްކޮށްފައި. ގޮލްފް ކްލަބެއް ވެސް އޮންނާނެ،" ޕަޓޭލް ވިދާޅުވެފައިވެ އެވެ.

ނޫރާއީ އައިލެންޑް ހަދަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް

ނޫރާއީ އައިލެންޑް ހަދަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް

މޫދު ކުޅިވަރުތައް ނަން ހުސްކޮށް ހުރި އިރު ހަފުތާ އަކު ތިން ރޭ ސިނަމާ ވެސް އޮވެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކަންތައްތަކެއް ހިންގަ އެވެ.ސްޕާ އާއި ޕޫލް އާއި ޔޯގާ އާއި ރެސްޓޯރަންޓަށް ބަލާއިރު ވެސް ހުރިހާ ކަމެއް އިންތިޒާމްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓްތައް ނަމޫނާއަކަށް ބަލައިގެންނެވެ.

ނޫރާއީ އައިލެންޑަކީ ދިވެހިރާއްޖެއާ ހިސާބަށް ދެވެން ނެތް މީހުންނަށް ކޮންމެހެން މުހިންމު ތަނެއް ކަމަށާއި އެއީ ހަމަ "ދިވެހިރާއްޖެ" ކަމަށް ބުނެ ދަނީ ޕްރޮމޯޓްކުރަމުންނެވެ. ބިން ހިއްކައިގެން މި ރަށް ހަދަން ފެށީ ވެސް ރާއްޖެ ނަމޫނާއަކަށް ބަލައިގެންނެވެ. އަދި މި ރަށް މިހާރު ހިމެނިފައި ވަނީ މުޅި ދުނިޔޭގެ ވެސް އެންމެ ރަނގަޅު ޕްރައިވެޓް އައިލެންޑްތަކުގެ ތެރޭގަ އެވެ.