Roadha Mihaaru
އިކިއާ އިން ރާއްޖޭގެ ވާޗުއަލް ދަތުރެއް

އިކިއާ އިން ރާއްޖޭގެ ވާޗުއަލް ދަތުރެއް

17 އޯގަސްޓް 2020

ކޮވިޑް-19 ގެ މި ދަތި ހާލުގެ ތެރޭގައި ޗުއްޓީ ދަތުރަތަކަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ކޮންމެވެސް ދިމާލަކަށް ހިތްއުފާކޮށްލަން ދަތުރެއް ޕްލޭންކުރަން އުޅޭ ނަމަ މިކަމާ ދޭތެރޭ ވިސްނައިލާށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ މި ދަތި ހާލުގެ ތެރޭގައި ޗުއްޓީ ދަތުރަތަކަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ކޮންމެވެސް ދިމާލަކަށް ހިތްއުފާކޮށްލަން ދަތުރެއް ޕްލޭންކުރަން އުޅޭ ނަމަ މިކަމާ ދޭތެރޭ ވިސްނައިލާށެވެ.

މިއީ "ވެކޭޝަން އިން އަ ބޮކްސް" އެވެ. އޮންލައިންކޮށް މި ފުރުސަތު ހޯދިދާނެ އެވެ. ހަތަރު މަންޒިލެއް އެބައޮތެވެ. އެއީ ޓޫރިޒަމަށް މުޅި ދުނިޔޭގައި ވެސް މަޝްހޫރު ދިވެހިރާއްޖެއާ އެކު ފްރާންސްގެ ޕެރިހާއި ޖަޕާނުގެ ޓޯކިއޯ އާއި ތުރުކީގެ ކަޕަޑޯޝިއާ އެވެ. މި ފުރުސަތު ދެނީ ސްވިޑްންގެ މަޝްހޫރު ފަރުނީޗަރު ކުންފުނި އިކިއާއިންނެވެ.

"ވެކޭޝަންސް އިން އަ ބޮކްސް" ގައި ވާ ގޮތަކީ ދީފައިވާ ހަތަރު މަންޒިލަކަށް "ވާޗުއަލް" ދަތުރެއް ކުރެވުމެވެ.

ކުރަން ޖެހޭ ކަމަކީ ހަތަރު މަންޒިލަށް ހާއްސަ ސިފަތާއި އެތަންތަން ރަމްޒުކޮށްދޭ ކަންކަން ހިމަނައިގެން އެ މީހަކު ގަޔާވާ ކަހަލަ ގޮތަކަށް ދަތުރެއް ޕްލޭންކޮށްލަންވީ އެވެ. އިކިއާ އިން އޭރުން އެ ރަހަތަކާ އެކު އެ މީހެއްގެ ވާޗުއަލް ދަތުރު ހާއްސަކޮށްދޭނެ އެވެ. އަދި އިކިއާ އިން ހަދިޔާކުރާ ގިފްޓް ކާޑެއް ވެސް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއީ ބައިވެރިޔާ ނުވަތަ އާއިލާ އާއި ކުދިންނަށް ވެސް ހާއްސަ ކުރެވިދާނެ އެއްޗެކެވެ. ކޮވިޑާ ހެދި އަބަދު ވެސް ގޭގައި ތިބެގެން އެއްގޯސްވެފައިވާ ނަމަ މީގައި ހިއްސާލެވުލުމަކީ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމަކަށް ވެދާނެ އެވެ. އިކިއާގެ ވެބްސައިޓުން މިއާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.