11 ޖުލައި 2023
ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެއްބަސްވެވަޑައިގެންފި ކަމަށް، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެއްބަސްވެވަޑައިގެންފި ކަމަށް، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޭޓޯގެ ޗާޓަރުގައިވާ ގޮތުން، އެ ޖަމާއަތުގައި އެއްވެސް ގައުމެއް ބައިވެރިކުރެވޭނީ، އެ ވަގުތަކު އެ ޖަމާއަތުގައި ހިމެނޭ ހުރިހާ ގައުމުތަކުން އެކަމަށް އެއްބަސްވު ރުހުން ދިނުމުންނެވެ. އެކަމަށް ރުހުން ދިނުމަކީ، އެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ތާއީދުކޮށް ގަރާރެއް ފާސްކުރުމެވެ.
އެހެންކަމުން، ތުރުކީ ވިލާތުން އެކަމަށް ރުހުން ދިނުމަށް ނިންމައި، އެ މައްސަލަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް، ރައީސް އުރުދުޣާން ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ވެސް ސްޓޯލެންބާގް ވިދާޅުވި އެވެ. ތުރުކީގެ ރައީސް އުރުދުޣާން އެ ކަމަށް އެއްބަސްވެވަޑައިގެންނެވި ކަން، ނޭޓޯގެ ވެރިޔާ އިއުލާން ކުރެއްވީ، އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯންއާ އެކު ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
އެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނޭޓޯގެ ވެރިޔާ ވިދާޅުވީ ސްވިޑްން ނޭޓޯ އަށް ވެއްދުމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ވެއްދުމަށް ފަހު، އެ މަޖިލީހުން އެ ކަމަށް ރުހުން ދެއްވާނެކަން އުރުދުޣާން ކަށަވަރު ކުރައްވާނެ ކަމަށެވެ.
ނޭޓޯގައި ބައިވެރިވުމަށް އެދި ސްވިޑްން އިން އެ ޖަމާއަތަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ތުރުކީ ވިލާތުން ސްވިޑްންގެ ހުށަހެޅުމަށް ދެކޮޅު ހެދީ، ސްވިޑްން އިން ތުރުކީ ވިލާތުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. އޭގެ އިތުރުން، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި، ބަޔަކު ކީރިތި ގުރްއާން އަންދައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ވެސް ތުރުކީ ވިލާތް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
ނޭޓޯގެ ވެރިޔާއާ އެކު ތުރުކީ އާއި ސްވިޑްންގެ ވެރިން ބޭއްވި މަޝްވަރާއަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ތުރުކީ ވިލާތާއި ސްވިޑްން އެއްބަސްވެ އެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ވެސް ދެ ގައުމު އެއްބަސްވެ އެވެ.
ސްވިޑްން ނޭޓޯއަށް ވެއްދޭކަށް އަދި ނެތް: އުރުދުޣާން
ފިންލޭންޑަށް ރުހުން ދިނަސް ސްވިޑްންއަކަށް ނުދެވޭނެ
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ނޭޓޯ ފުޅާކުރުމަށް ތުރުކީ އެއްބަސްވެއްޖެ
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
ނޭޓޯގައި ބައިވެރިވާން ތުރުކީ ބުނާހާ ކަމެއް ނުކުރެވޭނެ
10 ގައުމެއްގެ ސަފީރުން ތުރުކީން ބޭރުކުރަނީ
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި