31 ޑިސެމްބަރ 2016
ލަންޑަން (ޑިސެމްބަރު 31) - މި ވަގުތުގެ ފޯމަށް ބަލާއިރު ޗެލްސީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ސުޕަ ފޭވަރިޓުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލަންޑަން (ޑިސެމްބަރު 31) - މި ވަގުތުގެ ފޯމަށް ބަލާއިރު ޗެލްސީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ސުޕަ ފޭވަރިޓުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން މޮޅުވެ، ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މިރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅޭނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.
އާސެނަލް އޮތީ 18 މެޗުން 37 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. އެޓީމާ ޗެލްސީއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
"ޗެލްސީ މި ވަގުތު އޮތީ ރަނގަޅު ފޯމެއްގައި. އެ ޓީމުގެ ހުރިހާ ޑިޕާޓްމެންޓަކަށް ބަލާލިޔަސް ވަރަށް ރަނގަޅަށް އޮތީ. ލީގު ހޯދާނެ ޓީމުތަކާ އަޅާކިޔާއިރު ޗެލްސީ އަކީ ސުޕަ ފޭވަރިޓް،" ވެންގާ ބުންޏެވެ.
"އެކަމު ހަނދާނުގައި ބަހައްޓަން ޖެހޭ ޕްރިމިއާ ލީގުގައި ޓީމެއް ވެއްޓެން މާ ގިނަ ދުވަހެއް ނުނަގާކަން. ކޮންމެ ވަގުތެއްގައި ވެސް ޓީމުގެ ހާލަތު ބަދަލުވެދާނެ. އެކަމަކަށް ކޮންމެ ޓީމެއް ވެސް ތައްޔާރު ވާން ޖެހޭ،"
އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ އާސެނަލް އަތުގަ އެވެ. އެޓީމުން ވަނީ 2001-2002 ވަނަ އަހަރުގެ ސީޒަނުގެ ފަހު 13 މެޗުން މޮޅުވެ، ޖެހިގެން އައި ސީޒަނުގެ ފުރަތަމަ މެޗާ އެކު ޖެހިޖެހިގެން 14 މެޗުން މޮޅުވެގެން ރެކޯޑް ހަދައިފަ އެވެ.
ވެންގާ ބުނީ ޗެލްސީން އެކަން އެންމެ ސީޒަނަކުން ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް މަރުހަބާ ކިޔާނެ ކަމަށާއި އެއީ ތައުރީފް ކުރުން ހައްގު ކާމިޔާބެއް ކަމަށެވެ.
ލީގުގައި އެންމެ ފަހުން ޗެލްސީ ބަލިވީ އަސެނަލް އަތުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ޗެލްސީން އެ ޓީމުގެ ފޯމޭޝަން ބަދަލުކޮށް ޓީމަށް ގެނައި ބަދަލާ އެކު ފެންނަނީ މުޅިން ތަފާތު ކޮށެވެ.
ވެންގާ ބުނީ ކޮންޓޭގެ ޓެކްޓިކްސްއާ ވަރަށް ގުޅޭ ކަމަށާއި އެ ޓީމު ހުއްޓުވުމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި ސްޓޯކާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
ފާޑުކިޔުންތަކަށް ޖަވާބު ދޭނެ ވަގުތެއް ނެތް: ވެންގާ
ފަހު މެޗުން ވެންގާ އަށް ބޮޑު މޮޅަކާ ހާއްސަ އުފަލެއް
ފައިނަލުގެ ކުރިން ކޮންޓޭގެ ތައުރީފް ވެންގާ އަށް
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން