ހުޅުމާލެ 2 ގައި ދެ މެޑިކަލް ފެސިލިޓީ ާއި ތިން ކްލިނިކް ހަދަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
29 ޖޫން 2022
ހުޅުމާލެ 2 ގައި ދެ މެޑިކަލް ފެސިލިޓީ ާއި ތިން ކްލިނިކް ހަދަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ 71،127.92 އަކަފޫޓްގެ ފްލޮޓު (K9-N) އަދި 67،522.01 އަކަ ފޫޓުގެ ޕްލޮޓު (N5-50) ގައި ދެ މެޑިކަލް ފެސިލިޓީ އިމާރާތްކުރާނެ ކަމަށެވެ. އޭގެ ތެރެއިން N5-50 ޕްލޮޓުގައި މެޑިކަލް ފެސިލިޓީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޖެނުއަރީ 24 ގައި އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ، އޭރު ކުރި އިއުލާނަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް، ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ އިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުގައި ވެސް ތިން ކްލިނިކް އަދި ހަތަރު ފާމަސީއެއް ހަދާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކްލިނިކް މި މަހުގެ 15 ގައި ވަނީ ހުޅުވައިފަ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ވިނަރެސް ފްލެޓުތަކުގެ ތިރިން ވެސް ކްލިނިކް ހިންގަން ޔުނިޓް ވަނީ ކަނޑައަޅައިފަ އެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު ހުޅުމާލޭގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު، އެންމެ ބޮޑު ޑިމާންޑެއް އައިސްފައިވާ އެއް ތަނަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓްތައް ހުޅުވައި ހަތަރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހިޔާގައި އިތުރު ލިފްޓް ހަރުކުރަން 278 މިލިއަން
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކުރި ޖޫރިމަނާ ނުދައްކާ
ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި