Roadha Mihaaru
ނިއުކްލިއާ ގާބިލްކަން ހުރި މިސައިލް ބެލަރޫސްއަށް

ރަޝިއާގެ ނިއުކްލިއާ ގާބިލްކަން ހުރި މިސައިލް ބެލަރޫސްއަށް

26 ޖޫން 2022

ރަޝިއާގެ ނިއުކްލިއާ ގާބިލްކަން ހުރި މިސައިލް ސިސްޓަމް އެ ގައުމުގެ އެކުވެރި ބެލަރޫސް އަށް ގެންދަން ނިންމާފައިވާ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ނިއުކްލިއާ ގާބިލްކަން ހުރި މިސައިލް ސިސްޓަމް އެ ގައުމުގެ އެކުވެރި ބެލަރޫސް އަށް ގެންދަން ނިންމާފައިވާ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ އެކު ހޮނިހިރު ދުވަހު ރަޝިއާގެ ރިއާސީ ގަނޑުވަރުގައި ބޭއްވެވި ބައްދަލުވުމުގައި ޕުޓިން ވިދާޅުވީ އިސްކަންދަރު-އެމް މިސައިލް ސިސްޓަމަކީ ބެލަސްޓިކް އަދި ކްރޫޒް މިސައިލްގެ ކޮންވެންޝަނަލް އަދި ނިއުކްލިއާ މިސައިލް ވެސް ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.

ރަޝިއާއިން ފެބްރުއަރީ 24 ގައި ޔުކްރެއިނަށް އަރައި ހަނގުރާމަ ފެށި އިރު ބެލަރޫސްގެ ބިން ވެސް ހަނގުރާމާގައި ބޭނުންކުރި އެވެ. ބެލަރޫސް އަކީ ޔުކްރެއިންއާ އުތުރު ބިތުން އިންވެފައި އޮންނަ ގައުމެކެވެ. ބެލަރޫސް އަކީ ރަޝިއާއިން ހިންގާ އަސްކަރީ ވައިގެ އޮޕަރޭޝަންތަކުގައި ވެސް ބޭނުންކުރާ ގައުމެކެވެ.

ބެލަރޫސްގެ ރައީސް ވަނީ ނޭޓޯ އާއި އެމެރިކާގެ މަތިންދާބޯޓުތަކުން ނިއުކްލިއާ ވޯހެޑް ބެލަރޫސް ކައިރިން އުފުލާ ކަމުގެ މައުލޫމާތު އެ ގައުމުގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ޕުޓިން އަރިހު ވިދާޅުވެފަ އެވެ.

ބެލަރޫސްގައި އާ މިސައިލް ސިސްޓަމްތަކެއް ކުރިއަށް އޮތް މަސްތަކުގައި ގާއިމުކުރާނެ ކަމަށް ރަޝިއާއިން ބުނި އިރު އިއްޔެ ވެސް ޔުކްރެއިން ވަނީ ބެލަރޫސް އިން ޔުކްރެއިނަށް މިސައިލް ހަމަލާތަކެއް އައި ކަމަށް ބުނެފަ އެވެ.