Roadha Mihaaru

ޕެންޝަން ބޯޑުގެ ޗެއާމަންއަކަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އިނާޒް

މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އައްޔަންކުރައްވައިފި އެވެ.

ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ކުރީގެ މިނިސްޓަރު އިނާޒް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 ޖޫން 2022

މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އައްޔަންކުރައްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒް .ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ތިން އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކުރަނީ އެކަމަށް ހާއްސަ ސިލެކްޝަން ކޮމިޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރާ ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އެވެ. އެ މަގާމުގެ ޝަރުތަކީ ވިޔަފާރީގެ ދާއިރާއިން ނުވަތަ އިގްތިސާދީ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާ އެކު ޕެންޝަން ދާއިރާގަައި މަސައްކަތްކޮށްފައިވުމެވެ.