15 ޖޫން 2022
ވޯލީބޯލް އެސޯސިއޭޝަން ކަޕްގައި މެޗުތަކުން މޮޅު ވަމުން ދިޔަ ކްލަބް ވެމްކޯ، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް މިއަދު ތިން ސެޓުން ބަލި ވެއްޖެ އެވެ.
ވޯލީބޯލް އެސޯސިއޭޝަން ކަޕްގައި މެޗުތަކުން މޮޅު ވަމުން ދިޔަ ކްލަބް ވެމްކޯ، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް މިއަދު ތިން ސެޓުން ބަލި ވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅުނު މެޗަކީ، މުބާރާތުގައި ސިފައިން މޮޅުވި ފުރަތަމަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުގައި އެޓީމު ބަލިވީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ކްލަބް އަތުންނެވެ. މިއަދުގެ ފުރަތަމަ ދެ ސެޓް ސިފައިންގެ ކްލަބުން ކާމިޔާބު ކުރީ 25-22 އަދި 25-23 ންނެވެ.
މެޗުގައި ވާދަވެރިކޮށް ދިޔައީ ތިންވަނަ ސެޓެވެ. އެ މެޗު ހޯދައިގެން ވެމްކޯ އަށް މެޗުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ސިފައިންގެ ޓީމުން ވަނީ 25-26 އެ ސެޓުން ވެސް މޮޅުވެ މެޗު ކާމިޔާބު ކޮށްފަ އެވެ. މި މެޗަކީ މި މުބާރާތުގައި ތިން ސެޓުން ނިމިގެން ދިޔަ ދެވަނަ މެޗެވެ. ތިން ސެޓުން ނިމިގެން ދިޔަ ފުރަތަމަ މެޗަކީ މިދިޔަ އާދިއްތަ ދުވަހު ސިޓީ އާއި ސިފައިންގެ ކްލަބް ކުޅުނު މެޗެވެ.
ވެމްކޯގެ ކުޅުންތެރިޔަކު ފޮނުވާލި ބާރު ހަމަލާއެއް ދިފާއު ކުރަން ސިފައިންގެ ދެ ކުޅުންތެރިން ބްލޮކް ކުރަން މަސައްކަތް ކުރަނީ: މިއީ ވެމްކޯ ބަލިވި ފުރަތަމަ މެޗު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރިން ކުޅުނު ދެ މެޗާ ހިލާފަށް މިއަދުގެ މެޗުގައި ސިފައިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ވެމްކޯގެ ކުޅުން ފަނޑުވި އެވެ. ވެމްކޯ މެޗުން ބަލިވުމުގެ ފައިދާ ލިބޭނީ ޕޮލިސް ކްލަބަށެވެ. މިހާރު ބަލި ނުވެ އޮތް ހަމައެނި ޓީމަކީ ޕޮލިހެވެ. އެހެން ކަމުން އެޓީމަށް ވަނީ އެއްވަނައިގައި އިތުބާރު ބޮޑު ވެފަ އެވެ.
މުބާރާތުގެ ރައުންޑް ރޮބިން ކުޅުމަށް ފަހު އެންމެ ކުރިގައި އޮންނަ ޓީމަށް ފައިނަލުން ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލަށް ދާނެ އަނެއް ޓީމު ކަނޑައަޅާނީ ދެވަނަ އާއި ތިން އަށް ދާ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލުންނެވެ.
މުބާރާތުގައި މިރޭ ވާދަކުރާނީ ކްލަބް ސިޓީ އާއި ގްޑީސް ސްޕޯޓްސް ކްލަބެވެ. މެޗު ފަށާނީ 8:15 ގަ އެވެ.
ޗެމްޕިއަން ސިފައިން ކަޓުވާލުމަށް ފަހު ވެމްކޯ ފައިނަލަށް
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
ގްޑީސް ބަލިކޮށް ތިންވަނަ ހޯދައި ސިފައިން ސެމީ އަށް
ކްލަބް ސިޓީ އަށް ވެމްކޯ ހިފަހައްޓައެއް ނުލެވުނު
ސިފައިންގެ މައްޗަށް ޕޮލިހުން ފަހަތުން އަރައި މޮޅުވެއްޖެ
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް
ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް
ވޮލީ ކޯޗެއްގެ ގޮތުގައި ވެސް ނާޒިމާ ދުލެއް ނުދިން
ޕާކިސްތާން ކެޕްޓަން ނަސީރު: ތަފާތު ދައްކައިދީފި