Roadha Mihaaru
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް

ވެމްކޯ އިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ވީއޭއެމް ކަޕް ކާމިޔާބު ކޮށްފި

14 ޖުލައި 2024

ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށް، ކްލަބް ވެމްކޯ އިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށް، ކްލަބް ވެމްކޯ އިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-19، 25-23، 13-25 އަދި 25-21 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޕޮލިހުގެ ލިބަރޯ މާސާ ފާރޫގު ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. މިއީ މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މާޖިދާ ވިދިވިދިގެން ހޯދި ތިން ވަނަ ފަހަރެވެ.

މުބާރާޓުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މެވްކޯގެ މާޖިދާ، މިއީ އޭނާ މި މަގާމު ވިދިވިދިގެން ހޯދި ތިންވަނަ ފަހަރު..-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާޓުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މެވްކޯގެ މާޖިދާ، މިއީ އޭނާ މި މަގާމު ވިދިވިދިގެން ހޯދި ތިންވަނަ ފަހަރު..-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ މާޖިދާ، ޖޫޒާން ޒަރީރު، މާޔާ ހުސެއިން، ފައިހާ މުހައްމަދު، ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ)، މަރިޔަމް އަޒުމާ އަދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ އެވެ.

ވެމްކޯ އާއި ޕޮލިސް ވެސް ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. ވެމްކޯ އިން ސެމީ ފައިނަލުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރި އިރު، ޕޮލިހުން ވަނީ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑެވެލޮޕްމަންޓް ބަލިކޮށްފަ އެވެ.

ދަރަނބޫދޫ ޑެވެލޮޕްމަންޓާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވި މެޗު ކާމިޔާބު ކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.

ވީއޭއެމް ކަޕްގައި ވަނަތައް ލިބުނު ކުޅުންތެރިންނާއި އެންމެ މޮޅު ކޯޗު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވީއޭއެމް ކަޕްގައި ވަނަތައް ލިބުނު ކުޅުންތެރިންނާއި އެންމެ މޮޅު ކޯޗު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެމްކޯ އިން ހަތަރު ފަހަރު ވެސް ޗެމްޕިއަންކަން ހޯދާފައި މި ވަނީ ފައިނަލްގައި ޕޮލިހާ ވާދަކޮށެވެ. އެގޮތުން މިއީ 2019 ވަނަ އަހަރުގެ ފައިނަލަށް ފަހު، ޕޮލިހަށް ވެމްކޯ އަތުން ސެޓެއް ހޯދުނު ފުރަތަމަ ފައިނަލެވެ. އޭގެ ފަހުން 2022 އަދި 2023 ގެ ފައިނަލް ވެސް ވެމްކޯ ކާމިޔާބު ކުރީ ޕޮލިހަށް ސެޓެއް ނުދީ ސީދާ ތިން ސެޓުންނެވެ.

ވީއޭއެމް ކަޕްގެ މިއަހަރުގެ ފިރިހެން ޑިވިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހު އެވެ.