Roadha Mihaaru
ގްޑީސް ބަލިކޮށް ތިންވަނަ ހޯދައި ސިފައިން ސެމީ އަށް

ގްޑީސް ބަލިކޮށް ތިންވަނަ ހޯދައި ސިފައިން ސެމީ އަށް

19 ޖޫން 2022

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ގްޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ތިވަނަ ޓީމުގެ ގޮތުގައި، ޗެމްޕިއަން ސިފައިން ސެމީ ފައިނަލްގެ ޕްލޭއޮފް މެޗުން ޖާގަ ހޯދައިފި އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ގްޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ތިވަނަ ޓީމުގެ ގޮތުގައި، ޗެމްޕިއަން ސިފައިން ސެމީ ފައިނަލްގެ ޕްލޭއޮފް މެޗުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅޭ ސެމީގެ ޕްލޭއޮފް މެޗުގައި ސިފައިން ވާދަކުރާނީ، ވެމްކޯ އާ ދެކޮޅަށެވެ.

ސިފައިންނާއި ގްޑީސް މެޗުގެ ނަތީޖާ އަށް އިންތިޒާރު ކޮށްގެން ތިބި އަނެއް ޓީމަކީ ކުޅި ބަލަންތިބި ޕޮލިސް ކްލަބެވެ. މެޗުން ސިފައިންނަށް ދެ ސެޓް ކާމިޔާބު ނުކުރެވުނުނަމަ، ސެމީގެ ޖާގަ ލިބޭނީ ޕޮލިހަށެވެ.

މުބާރާތުގައި ފެށުން ގޯސްކޮށް ދިޔަޔަސް، ސިފައިން ތިބީ، ދޫދޭ ގޮތަކަށް ނޫނެވެ. ފުރަތަމަ ދެ ސެޓްގައި ގްޑީސް އިން ފަރަގަު ކުޑަ ކުރި ނަމަވެސް، ސިފައިން ވަނީ އެ ދެ ސެޓް ކާމިޔާބު ކޮށް ތިންވަނަ ކަށަވަރު ކޮށްފަ އެވެ.

ސިފައިންނާއި ގްޑީސް މިރޭ ކުޅުނު މެޗުގެ ތެރެއިން: މުބާރާތުގައި ސިފައިންގެ ފެށުން ގޯސްވިއަސް އެޓީމުން ވަނީ ފަހުން ކުޅުން ރަނގަޅު ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިފައިންނާއި ގްޑީސް މިރޭ ކުޅުނު މެޗުގެ ތެރެއިން: މުބާރާތުގައި ސިފައިންގެ ފެށުން ގޯސްވިއަސް އެޓީމުން ވަނީ ފަހުން ކުޅުން ރަނގަޅު ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ފައިނަލުގެ ސީދާ ޖާގަ ލިބޭނީ، އެއްވަނަ އަށް ދާ ޓީމަށެވެ. ސްޕޯޓްސް ކްލަބް ސިޓީ ވަނީ ރޭ، ޕޮލިސް ބަލިކޮށް އެއްވަނަ މާގަމާއެކު ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މިރޭ ގްޑީސް އާއި ސިފައިން ކުޅުނު މެޗުގެ ފުރަތަމަ ސެޓް ތަފާތު ބޮޑުކޮށް ހޯދުމުގެ ފުރުސަތު ސިފައިންނަށް ލިބުނެވެ. ސިފައިން 23 ޕޮއިންޓްގައި ވަނިކޮށްގްޑީސް އޮތީ 17 ޕޮއިންޓާއެކު އެވެ. އެކަމަކު ކައިރިކައިރީ ގްޑީސްއިން ޕޮއިންޓްތަކެއް ހޯދައި ފަރަގު ކުޑަ ކުރި އެވެ. ގޭމް ބޯލްޑް ޕޮއިންޓްގައި ވަނިކޮށް ވެސް ސިފައިންނަށް މެޗު ނިންމަން ފުރުސަތު ލިބުނެވެ. އެކަމަކު ޕޮއިންޓް ދޫވެ ގްޑީސްއިން ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރި އެވެ. ސިފައިން އެ ސެޓް ގެންދިޔައީ 25-22 ންނެވެ.

ދެވަނަ ސެޓްގައި، ސިފައިންގެ އާދަމް ނަސީމްގެ ލިޑާޝިޕް ފެނިގެން ދިޔަ އެވެ. އޭނާ ވަނީ ގިނަ ޕޮއިންޓްތަކެއް ސިފައިންނަށް ހޯދައިދީފަ އެވެ. ޔެސް ޓީވީން ގެނެސް ދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި ވީއޭއެމް ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް އަހްމަދު ބުނި ގޮތުގައި ބީޗް ވޮލީ އާއި ވޮލީ އަށް ވެސް މިހާރު ހާއްސަ ވުމުން އޭނާގެ ޑިފެންސް އަދި އެޓޭކްތަކަށް ވެސް ފަރުދީ ގޮތުން ކުރިއެރުން އައިސްފައިވާ ކަމަށެވެ.

ސިފައިންގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ: ސިފައިންނާ ދެކޮޅަށް ސެމީގައި ނުކުންނާނީ ވެމްކޯ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިފައިންގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ: ސިފައިންނާ ދެކޮޅަށް ސެމީގައި ނުކުންނާނީ ވެމްކޯ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލެވަލް ހިފަހައްޓަން އަމިއްލަ އަށް ވެސް މަސައްކަތް ކުރާ ކުޅުންތެރިންޔެއް އެޑަމް އަކީ،" ޝުއައިބް ބުންޏެވެ.

ދެވަނަ ސެޓް ނިންމަން ވެސް ސިފައިންނަށް ފުރުސަތު ލިބުނެވެ. އެކަމަކު އަތުން ޕޮއިންޓްތަކެއް ދުވެ ގްޑީސްއިން އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރި އެވެ. އެކަމަކު ދެވަނަ ސެޓް 25-23 ން ހޯދައި ސިފައިން ވަނީ ސެމީގެ ޕްލޭއޮފްގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ތިންވަނަ ސެޓް ފަށައިގެން، ސިފައިން ފަސް ޕޮއިންޓްގައި ލިޑް ކުރި އެވެ. އެ ސެޓްގެ ކުރީކޮޅު ގްޑީސްގެ ކުޅުން ދަށްވި އެވެ. އެކަމަކު ސެޓްގެ ފަހު ކޮޅު ކުޅުން ރަނގަޅު ކުރި އެވެ. އެ ސެޓްގައި ސިފައިންނަށް ކުރިމަތިވި މައްސަލައަކީ ސާވިސް ގޯސް ކޮށްލެއްވުމެވެ. ތިންވަނަ ސެޓްގައި ސާވިސް ކުރަން އެރި ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ފޮނުވާލި ބޯޅަ އާއި ބިދޭސީ ކުޅުންތެރިޔާ ފޮނުވާލި ސާވިސް ވެސް ދިޔައީ ބޭރަށެވެ. އެކަމަކު ސިފައިންގެ ޝޯން ޓީ ޖޯން ބާރު ސާވިސްތަކެއް ކޮށް މެޗުގެ މުހިންމު ހިސާބުގައި ސިފައިންނަށް ޕޮއިންޓްތަކެއް ހޯދައިދިނެވެ. ސިފައިން އެ ސެޓް ގެންދިޔައީ 25-22 ންނެވެ.