29 ޖުލައި 2016
ދިވެހި ފުޓްބޯޅަ ކުރިއަރައިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅު ބިދޭސީ ކުޅުންތެރިން ގެނައުމެވެ. އޭގެ ސަބަބުން ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. ވޮލީބޯޅައިގައި މިއަދު ފެނިގެން ދަނީ އެ މަންޒަރެވެ. މަތީ ފަންތީގެ ބިދޭސީ ކުޅުންތެރިން ރާއްޖޭގައި ކޯޓުތަކުގައި މި ވަނީ ކުޅެން ފަށައިފަ އެވެ. މި ފަހަރުގެ ސަލްސާ އެސޯސިއޭޝަން ކަޕުން ފެނުނު ތަފާތު އެއް ކުޅުންތެރިޔަކީ ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ޕާކިސްތާނުގެ ކެޕްޓަން ނަސީރު އަހުމަދެވެ. ފައިނަލުން މޯލްޑިވިއަން އަތުން ސިފައިން ބަލިވި ނަމަވެސް އޭނާ ފެނިގެންދިޔައީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ދިވެހި ފުޓްބޯޅަ ކުރިއަރައިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅު ބިދޭސީ ކުޅުންތެރިން ގެނައުމެވެ. އޭގެ ސަބަބުން ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. ވޮލީބޯޅައިގައި މިއަދު ފެނިގެން ދަނީ އެ މަންޒަރެވެ. މަތީ ފަންތީގެ ބިދޭސީ ކުޅުންތެރިން ރާއްޖޭގައި ކޯޓުތަކުގައި މި ވަނީ ކުޅެން ފަށައިފަ އެވެ. މި ފަހަރުގެ ސަލްސާ އެސޯސިއޭޝަން ކަޕުން ފެނުނު ތަފާތު އެއް ކުޅުންތެރިޔަކީ ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ޕާކިސްތާނުގެ ކެޕްޓަން ނަސީރު އަހުމަދެވެ. ފައިނަލުން މޯލްޑިވިއަން އަތުން ސިފައިން ބަލިވި ނަމަވެސް އޭނާ ފެނިގެންދިޔައީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"ހުރިހާ ގޮތަކުން ވެސް ތަފާތު،" ސިފައިންގެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުންޏެވެ. "ޑިސިޕްލިން ވެސް އެހާމެ ރަނގަޅު. ހުނަރުގެ ގޮތުން ވެސް ތަފާތު ކުޅުންތެރިއެއް އެއީ."
އަދީލް ބުނީ އަހުމަދު ނަސީރުގެ ފަރާތުން އަބަދުވެސް ފެންނަނީ މޮޅުވުމުގެ ރޫހު ކަމަށާއި ލީގު ބުރުގައި މޯލްޑިވިއަންއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އޭނާ ބޭނުންވީ މޮޅުވާން ކަމަށެވެ.
"ހަގީގަތުގައި އަހަރެމެންގެ ފެންވަރު ހުރި ގޮތުން އެނގޭ މޯލްޑިވިއަން ފަދަ ޓީމެއް ބަލިކުރެވޭނީ ސެމީ ފައިނަލެއް ނުވަތަ ފައިނަލެއްގައިކަން. އެހެންވެ ލީގު ބުރުގައި މޯލްޑިވިއަންއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި، އަހަރެމެން ބޭނުންވީ ފެންވަރު ބަލާލަން. ހަގީގަތުގައި ނަސީރުގެ މޮޅު އުކުޅުތައް ވެސް، ފަހު މެޗަށް ދައްކަން ބޭނުންވީ. އެކަމަކު އޭނާގެ ހުރީ މޮޅުވުމުގެ ރޫހު. އެ ދެ މެޗުން ވެސް އެއްވެސް ދުލެއް ދޭން ބޭނުމެއް ނުވި."
ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ކެޕްޓަން ނަސީރު އަހުމަދު (ކ) ގެ ޝޮޓެއް ބްލޮކްކުރަން ސިޓީގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދީލް ބުނީ، ދިވެހި ކުޅުންތެރިންނަކީ ވަރަށް ވިސްނުންތޫނު ބައެއް ކަމަށާއި، އެ ދެ މެޗަށް ފަހު ފައިނަލާ ކުރިމަތިލިއިރު މޯލްޑިވިއަންގެ ކުޅުންތެރިން ތިބީ ނަސީރުގެ ކުޅުން ދަސްކޮށްފައި ކަމަށެވެ.
"އޭނާގެ ޝޮޓްތައް ވަރަށް ބާރު، ވަރަށް ތަފާތު. އެކަމަކު މޯލްޑިވިއަންގެ އައްޔަ މެން ބްލޮކްކުރި،" އަދީލް ބުންޏެވެ.
ކުރީގެ ކުޅުންތެރިޔާ އަދީލް ބުނީ މޮޅު ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފައިދާ އަކީ އެއީ ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ މުބާރާތްތަކަށް ދާއިރު ދިވެހި ކުޅުންތެރިންނަށް ބޭރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ތިބޭނީ ހޭނިފައި ކަމަށެވެ.
"އިންޑިއާގެ ކެޕްޓަން ޕްރަބާ އަކީ މިހާރު ރާއްޖޭގައި ކުޅޭއިރު އެހާ ތަފާތު ކުޅުންތެރިއެއްހެން ބަލާ ބެލުމެއް ހީނުވޭ. އޭނާގެ ކުޅުން ދިވެހިން ދަސްކޮށްފި. ތަފާތު މޮޅު ކުޅުންތެރިން އަންނަން ފެށުމުން ދިވެހި ކުޅުންތެރިންނަށް އެގޮތުން ފައިދާވޭ،" އަދީލް ބުންޏެވެ.
ދިވެހި ވޮލީބޯޅައިގެ ފެންވަރު ރަނގަޅު ކަމަށް ނަސީރު ވެސް ފާހަގަކޮށްފައިވާ ކަމަށް އަދީލް ބުންޏެވެ. މުބާރާތުގެ ފެންވަރާ މެދު ވެސް އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. ހަމައެކަނި މައްސަލައަކީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންގެ މެކްސިމް ދޭން އުދަނގޫވުމެވެ."
އޭނާ ހުރީ އަދިވެސް އަންނަ ހިތުން. އޭނާ އަކީ މެދުއިރުމަތީގައި ކުޅޭ ކުޅުންތެރިއެއް. ކުރިއަށް އޮތް މުބާރާތަށް ހުސްކޮށް ހުރެއްޖެ ނަމަ އަނެއްކާ ވެސް އަންނާނެ،" އަދީލް ބުންޏެވެ.
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޗެމްޕިއަން ސިފައިން ކަޓުވާލުމަށް ފަހު ވެމްކޯ ފައިނަލަށް
ގްޑީސް ބަލިކޮށް ތިންވަނަ ހޯދައި ސިފައިން ސެމީ އަށް
ސިފައިން ކައިރީ ވެމްކޯ އަށް ގަދައެއް ނުވެވުނު
ސިފައިންގެ މައްޗަށް ޕޮލިހުން ފަހަތުން އަރައި މޮޅުވެއްޖެ
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް
ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް
ސެމީގައި މޯލްޑިވިއަން އާއި ސިފައިންގެ ކުރިމަތިލުުމެއް
ސިފައިންނާއި މޯލްޑިވިއަން އަށް ތިން ވަނަ މޮޅު
ފުރަތަމަ ތިން މެޗު ގަދަ ތިން ބާރުން ކާމިޔާބުކޮށްފި