15 ޖޫން 2022
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝަކްތީ އަރޯރާ، "ކުންޑާލީ ބަގްޔާ" ގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝަކްތީ އަރޯރާ، "ކުންޑާލީ ބަގްޔާ" ގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޓީވީގެ މަސައްކަތްތަކާ އޭނާ ދުރުގައި ހުންނަތާ މިހާރު ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ އެވެ.
އެ ޑްރާމާ އިން ޝަކްތީ އަށް ފުރުސަތު ލިބުނީ، އެ ޑްރާމާގައި ފަސް އަހަރު ފަސް ދައްކާ ގޮތަށް ހަމަޖެހުމުންނެވެ. އަރްޖުންގެ ރޯލު އޭނާ އަށް ލިބިފައި ވާތީ އޭނާ ފެންނާނީ، އެ ޑްރާމާގައި ޕްރީތާ އާއި ލުތްރާސް އަށް ޖެއްސުންކޮށް، އެ މީހުންނަށް އުނދަގޫކުރާ މީހެއްގެ ރޯލުންނެވެ.
އެ މަސައްކަތާ ގުޅުމަށް ފަހު، އޭނާ ބުނީ އެހާ މަޝްހޫރު ޑްރާމާއެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މީގެ ކުރިން ވެސް ޒީޓީވީގެ ޑްރާމާތަކުގައި މަސައްކަތްކޮށްފައި ވާތީ އެއީ އޭނާ އަށް އުނދަގޫ މަސައްކަތަކަށް ނުވާނެ ކަމަށް ބުންޏެވެ.
އަރްޖުންގެ ރޯލު ބެލުންތެރިން ބަލާހިތްވާ ގޮތަށް ގެންދެވޭތޯ މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ. ކުރިން އަރްޖުންގެ ރޯލުން ފެނުނީ ދީރަޖް ދޫޕާ އެވެ.
"ތޭރޭ ލިޔޭ" އާއި "ޕަވިތުރަ ރިޝްތާ" އާއި "މެރި އާޝިގީ ތުމް ސެހީ" އަދި "ތޭރޭ ލިޔޭ" ކަހަލަ ގިނަ ޑްރާމާތަކަކުން ޝަކްތީ ކުރިން ފެނިފައިވެ އެވެ.
ތަރުހީބު ކުޑަކަމުން "ބަލިކާ ވަދޫ 2" ހުއްޓާލަނީ
ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ޕްރޮމޯއެއް
އެރިކާ ސޮނީގެ "ކުޗް ރަންގް" އިން ވަކިވެއްޖެ
ހަތަރު މަސް ފަހުން "ކުޗް ރަންގް 3" ހުއްޓާލަނީ
"ޔޭ ރިޝްތާ" ގެ އާ ފެށުން 27 ގައި
"ޔޭ ރިޝްތާ..."ގެ ބަދަލުތަކާ އެކު އާ ޕްރޮމޯއެއް
ވިވިއަންގެ އާ ސިލްސިލާ އަކީ "ސިރުފް ތުމް"
އާޝާ އަށް އެންމެ ކަމުދަނީ "އަނޫޕަމާ"
ކާތިކާއި ނައިރާގެ ފަހު ޝޫޓިން އަންނަ މަހު
ދުވަސްތަކެއް ފަހުން ވިވިއަންގެ ސިލްސިލާއެއް