14 ޖޫން 2022
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުންނަ ފައިސާއާ ގުޅޭ ހުރިހާ ކަންކަން ނިންމުމުގެ ބާރުތައް ރައީސާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުންނަ ފައިސާއާ ގުޅޭ ހުރިހާ ކަންކަން ނިންމުމުގެ ބާރުތައް ރައީސާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބޮންޑާއި ސުކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން އެސްޑީއެފް އުފެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
މި ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، އެސްޑީއެފަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމާއި ހަރަދު ކުރުމުގެ ސިޔާސަތު ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރުން ހިމެނޭ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވައިލުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
މަޖިލީހުގައި އެ އިސްލާހަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެސްޑީއެފުން ހަރަދު ކުރުމުގެ ބާރުތައް ދޭ ބޯޑު ހިންގަން ޖެހޭނީ ސިޔާސީ މީހަކު ބުނާ ގޮތަކަށް ނޫން ކަމަށާއި އެ ކަން ކުރަން ޖެހޭނީ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ފަދަ ޕްރޮފެޝަނަލް ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އޮތް އެސްޑީއެފަށް ފައިސާ ވަންނަނީ ޑޮލަރުން ކަމަށާއި ނަމަވެސް ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރު، ރިޒާވަށް ގެންގޮސް ރުފިޔާ އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
"މާދަމާ އިންފްލޭޝަނެއް އައިސްގެން ޑޮލަރުގެ އަގު ވެއްޓިއްޖެ ހާލަތެއްގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި މިއަދު އިން ދެ ބިލިއަން ރުފިޔާ އަކީ އެއްވެސް އެއްޗަކަށް ނުވާނެ،" އިލްޔާސް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ގްރީން ޓެކްސްގެ ފައިސާ ޑޮލަރުން އެސްޑީއެފަށް ޖަމާކުރަމުން އައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު އެ ފަންޑުގައި 220 މިލިއަން ޑޮލަރު ހުރި ކަމަށް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ 2026 ވަނަ އަހަރު ދައްކަން ޖެހޭ 600 މިލިއަން ޑޮލަރުގެ މައްސަލަ އެވެ. އެސްޑީއެފްގައި މި ސަރުކާރުން އަތް ނުލައި ތިބި ނަމަ 2026 ވަނަ އަހަރަށް އެ ފަންޑުގައި 800 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރުން މި ފަންޑު ތަޅު އަޅުވާފައި ބެހެއްޓީ މި ބޭނުމަށްޓަކައި،" ސައީދު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް އެ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެއީ ގޮތް ހުސް ވެގެން "ތިޖޫރީގެ ފޫ ކަހައިލަން" ހުށަހެޅި އިސްލާހެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު ބޭނުންވާ ގޮތަށް ގާނޫނު އިސްލާހު ކޮށްފި ނަމަ "މުއްޖަހާފައި" ފައިސާތައް ނަގާނެ ކަމަށާއި ސިޔާސީ ބޭނުުންތަކަށް އެ ފައިސާ ހަރަދު ކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
- ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް
- ކޮންސޮލިޑޭޓް ރެވެނިއު ފަންޑް
- ލޯންސް އެންޑް ކެޕިޓަލް ވޯކްސް ފަންޑް
- އެޑްވާންސް ފަންޑް
- ޓްރަސްޓް ފަންޑް
ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި