07 ޖޫން 2022
ކަޅު ކަނޑުގެ ތެރޭގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކުގެ ތެރެއިން ޔޫކްރޭންގެ އައްސޭރިފަށާ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ މަނަވަރުތައް ފައްސައި ދުރަށް ޖެއްސިފައިވާ ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.
ކަޅު ކަނޑުގެ ތެރޭގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކުގެ ތެރެއިން ޔޫކްރޭންގެ އައްސޭރިފަށާ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ މަނަވަރުތައް ފައްސައި ދުރަށް ޖެއްސިފައިވާ ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.
ޔޫކްރޭނުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން ދެމުންދާ ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، ރަޝިޔާގެ މަނަވަރުތައް މިހާރު ވަނީ، ޔޫކްރޭންގެ އައްސޭރި ފަށުން ފެށިގެން 100 ކިލޯމީޓަރު ދުރަށް ގެންގޮސްފަ އެވެ. ކަޅު ކަނޑުގެ ހުޅަނގުއުތުރު ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމުގެ ގޮތުން، ރަޝިޔާ ސިފައިން މިހާރު ވަނީ ޚެރްސޯން އާއި ކްރީމިއާގައި ރަޝިޔާގެ މިސައިލް ނިޒާމުތައް ގާއިމުކޮށްފަ އެވެ.
ކްރީމިއާ އަކީ ރަޝިޔާ އިން 2014 ވަނަ އަހަރު ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހިފާފައިވާ ޔޫކްރޭންގެ ޖަޒީރާއެކެވެ. އަދި ޚެރްސޯންއަކީ މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދެކެވެ.
ޔޫކްރޭންގެ ކަނޑުގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާގެ މަނަވަރުތަކުންނާއި ސަބްމެރިންތަކުން، ޔޫކްރޭންގެ އިމުގެ ތެރެއަށް މިހާތަނަށް، 300 އަށް ވުރެ ގިނަ ކްރޫޒް މިސައިލް ފޮނުވާލައިފި އެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ އެންމެ ކުރީ ދުވަސްވަރާ އަޅައި ބަލާއިރު، ރަޝިޔާ އިން ކަނޑުމަގުން ދޭ ކްރޫޒް މިސައިލްގެ ހަމަލާތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ކަޅު ކަނޑުގެ ތެރެއިން ޔޫކްރޭނަށް ދަތުރުކުރާ އާގުބޯޓުތަކަށް ހުރަސްއެޅުމުގައި ހަރަކާތްތެރިވާ ރަޝިޔާގެ މަނަވަރުތަކާއި ސަބްމެރިންތަކުގެ އަދަދު 30 އަށް އަރަ އެވެ. އަދި އައްސޭރިފަށަށް ދަތުރުކުރާ އަސްކަރީ ކޮޅުވެއްޓީގެ ބޮޑެތި 12 އުޅަނދު ވެސް ކަޅު ކަނޑުގެ ތެރެއިން ޔޫކްރޭންގެ އައްސޭރިފަށުގައި ހަރަކާތްތެރިވަމުންދެ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އުޅަނދުތައް މިހާރު އޮތީ، ޔޫކްރޭންގެ ހަމަލާތަކުގެ ސަބަބުން މަރާމާތު ކުރުމަށްޓަކައި ދަތުރުތައް ހުއްޓާލައިފަ އެވެ.
ޔޫކްރޭންގެ ކަނޑުގެ ސިފައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ކަޅު ކަނޑުގެ ހުޅަނގުއުތުރު ސަރަހައްދު ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށުގައި ބޭއްވުމަށް ރަޝިޔާގެ ކަނޑުގެ ސިފައިން ކުރަމުން ދިޔަ މަސައްކަތްތައް މިހާރުވަނީ މުޅިން ނާކާމިޔާބު ކޮށްލެވިފަ އެވެ. ލިބުނު ގެއްލުންތަކާ އެކު، ޔޫކްރޭނުން ބޭނުންކުރި އުކުޅުތަކުގެ ބޭނުން ހިފައިގެން، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަނީ، އައްސޭރި ފަށުގައި ގާއިމުކުރާ މިސައިލްތައް ނިޒާމުތަކުންނާއި ވައިގެ މަގުން ހަމަލާދޭ ކްރޫޒް މިސައިލްގެ އެހީގައި، އަލުން އެ ސަރަހައްދު ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށެވެ.
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެ: ޕުޓިން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ
ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް
ރަޝިޔާ ނެތިދާ ނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ