Roadha Mihaaru
ރާއްޖެ އެތެރެކުރާ ސިމެންތި، ތެޔޮ، ތިމާވެއްޓާ ރައްޓެހި

ރާއްޖެ އެތެރެކުރާ ސިމެންތި، ތެޔޮ، ތިމާވެއްޓާ ރައްޓެހި

05 ޖޫން 2022

ދުނިޔޭގެ އުމްރާނީ ތަރައްގީއާ ގުޅިލާމެހިފައިވާ ސިމެންތި އުފެއްދުމުގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ވަކިން ކުޑައެއް ނޫނެވެ. އަހަރެމެން ދިރިއުޅޭ އިމާރާތްތަކުގެ ފައުންޑޭޝަނާއި ސްޓްރަކްޗާ ހިފެހެއްޓުމަށް ބޭނުންކުރާ ސިމެންތި އުފެއްދުމުގައި ޖައްވަށް ކާބަންޑައިއޮކްސައިޑް ބޭރުވެގެންދާ ނިސްބަތް ވަރަށް މައްޗެވެ.

ހަސަން އާމިރު ހަސަން އާމިރު

ދުނިޔޭގެ އުމްރާނީ ތަރައްގީއާ ގުޅިލާމެހިފައިވާ ސިމެންތި އުފެއްދުމުގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ވަކިން ކުޑައެއް ނޫނެވެ. އަހަރެމެން ދިރިއުޅޭ އިމާރާތްތަކުގެ ފައުންޑޭޝަނާއި ސްޓްރަކްޗާ ހިފެހެއްޓުމަށް ބޭނުންކުރާ ސިމެންތި އުފެއްދުމުގައި ޖައްވަށް ކާބަންޑައިއޮކްސައިޑް ބޭރުވެގެންދާ ނިސްބަތް ވަރަށް މައްޗެވެ.

ފެނަށް ފަހު ދުނިޔޭގައި އެންމެ ގިނައިން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ބާވަތަކީ ކޮންކްރީޓެވެ. އެވްރެޖްކޮށް ދުނިޔޭގައި ކޮންމެ ދުވަހަކު ވެސް ކޮންމެ ބޮލަކަށް ތިން ޓަނުގެ ކޮންކްރީޓް ބޭނުންކުރެ އެވެ. ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ސިމެންތި ބޭނުންކުރިކަމުގައި ވިޔަސް އެއީ ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ އެއްޗެކެވެ. ސިމެންތި އުފެއްދުން ދަނީ އަހަރަކު 2.5 ޕަސެންޓުގައި ކުރިއަރަމުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ދުނިޔޭގައި އުފެއްދީ 2.55 ބިލިއަން ޓަނުގެ ސިމެންތި ކަމަށް ވިޔަސް 2050 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު 4.4 ބިލިއަން ޓަނަށް އިތުރުވާނެ އެވެ.

ޖައްވު ތަގައްޔަރުކުރާ އެންމެ ބޮޑު އެއް އިންޑަސްޓްރީ އަކީ މިހާރު ސިމެންތި އުފެއްދުން. --ފައިލް ފޮޓޯ

ޖައްވު ތަގައްޔަރުކުރާ އެންމެ ބޮޑު އެއް އިންޑަސްޓްރީ އަކީ މިހާރު ސިމެންތި އުފެއްދުން. --ފައިލް ފޮޓޯ

ސިމެންތި އުފެއްދުމަށްޓަކައި އޭގައި ހިމެނޭ ޕްރައިމަރީ ކޮމްޕޯނެންޓް ކަމަށްވާ ލައިމްސްޓޯނަށް 1،400 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖެހެ އެވެ. ސިމެންތި ޓަނެއް އުފެއްދުމަށް 4.7 މިލިއަން ބީޓީޔޫގެ ހަކަތަ ބޭނުންވެ އެވެ. އަދި އެއް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވެ އެވެ. ލައިމްސްޓޯނަށް ހޫނުކުރާއިރު ކާބަންޑައިއޮކްސައިޑް ބޭރުވެ އެވެ. ޖައްވު ތަގައްޔަރުކުރާ އެންމެ ބޮޑު އެއް އިންޑަސްޓްރީ އަކީ މިހާރު ސިމެންތި އުފެއްދުމެވެ. ދުނިޔޭގެ ޖައްވު ތަގައްޔަރުކުރާ ގޭސްތަކުގެ ނިސްބަތަށް ބަލާއިރު ސިމެންތި އުފައްދާ އިރު ބޭރުކުރާ ގޭހުގެ ނިސްބަތް އުޅެނީ 31 ޕަސެންޓުގަ އެވެ.

ރާއްޖޭގައި ބޭނުންކުރަނީ އިކޯ ފްރެންޑްލީ ސިމެންތި

ރާއްޖޭގައި ވެސް ސިމެންތި އުފެއްދުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުރަމުންދާ އިރު ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަމާލުކަންދޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި އެސްޓީއޯގެ އޭޖީއެމްގައި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވީ ރާއްޖެ އަށް މިހާރު ވަނީ އިކޯ ފްރެންޑްލީ ސިމެންތި ތައާރަފުކޮށްފައި ކަމަށެވެ. ތިމާވެއްޓާ ރަހުމަތެރި ސިމެންތި ތައާރަފު ކުރުމުން، ރާއްޖެ އަށް ގެންނަ ސިމެންތީގެ އަދަދަށް ބަލާއިރު އެއީ 36 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުމެވެ. ނުވަތަ އެއީ ބޮޑެތި 1،100 ގަސް އިންދުމާ އެއްވަރުގެ އަދަދެކެވެ.

ތިމާވެއްޓާ ރަހުމަތެރި ސިމެންތި ތައާރަފްކުރުމުން، ރާއްޖެ އަށް ގެންނަ ސިމެންތީގެ ކުއަންޓިޓީ އަށް ބަލާއިރު އެއީ 36 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުން. ނުވަތަ އެއީ ބޮޑެތި 1،100 ގަސް އިންދުމާ އެއްވަރުގެ އަދަދެއް.

ރާއްޖެ އެތެރެކުރާ ތެލުގައި ސަލްފާ ހިމެނެނީ 0.1 ޕަސެންޓަށް

ސިމެންތިއެކޭ އެއްގޮތަށް ތެލަކީ ވެސް އޭގައި ހިމެނޭ ސަލްފާގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ އެއްޗެކެވެ. ސަލްފާގެ ސަބަބުން ހިތުގެ ބަލިތަކަށާއި ކެންސަރަށް މަގު ފަހިކުރުވަ އެވެ. އެހެންވެ ސަލްފާ ލެވެލް މަދުކުރުމަށްޓަކައި ތެޔޮ އުފައްދާ ކުންފުނިތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

އެސްޓީއޯ އަހަރީ އާންމު ޖަލްސާގައި އެމްޑީ އަމްރު ވާހަކަދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެސްޓީއޯ އަހަރީ އާންމު ޖަލްސާގައި އެމްޑީ އަމްރު ވާހަކަދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެސްޓީއޯ އިން ބުނި ގޮތުގައި ރާއްޖެ އެތެރެކުރާ ތެލުގައި ހިމެނޭ ސަލްފާ ލެވެލް ވަނީ 2.5 ޕަސެންޓުން 0.1 ޕަސެންޓަށް ދަށްކޮށްފަ އެވެ.

"ރާއްޖެ އެތެރެކުރާ ތެލަކީ އެ ނިސްބަތަށް ސަލްފާ ހުރި ތެޔޮތޯ ބެލުމަށް ވާނީ ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ފިއުލް ލެބެއް ގާއިމްލޮށްފައި،" އަމްރު ވިދާޅުވި އެވެ.

ތިމާވެއްޓާ ރަހުމަތްތެރި ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން އެސްޓީއޯ އިން އެޅި އެއް ފިޔަވަޅަކީ ޕްލާސްޓިކް ކޮތަޅު ދޫކޮށްލުމެވެ. ޚާއްސަކޮށް އެސްޓީއޯ އިން ހިންގާ 180 ފާމަސީގައި ޕްލާސްޓިކް ކޮތަޅު އެއްގޮތަކަށް ވެސް ބޭނުން ނުކުރުމެވެ. އެކަން ކުރުމުން އަހަރަކު އެއް މިލިއަން ޕްލާސްޓިކް ކޮތަޅު ވަނީ މަދުކޮށްފަ އެވެ.