02 ޖޫން 2022
މިދިޔަ އަހަރު ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި 25 ހެކިން ސިއްރު ކުރުމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ހެކިބަހެއް ނަގައި ނިންމާލަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އަހަރު ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި 25 ހެކިން ސިއްރު ކުރުމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ހެކިބަހެއް ނަގައި ނިންމާލަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އުދައްޔުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރަނީ އެ ރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
އެ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި 25 ހެއްކެއް ސިއްރުކުރަން ދައުލަތުން އެދިފައިވާތީ، މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިންނަކީ ކޮން ބައެއްކަން އެނގިއްޖެ ނަމަ އެ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ ހުރިހާ ހެކިން ސިއްރުކުރަން ނިންމެވީ ކަމަށެވެ.
ކުށުގެ އަމަލުގައި ހިނގި ތަނުގައި ޝަމީމް ނެތްކަން ސާބިތުކުރަން އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހަތް ހެއްކެއް ބަލައިނުގަތުމަށް ވެސް މިއަދު ގާޒީ ނިންމެވި އެވެ. އެއީ ކުށުގެ އަމަލު ހިނގި ތަނުގައި ނެތްކަމުގެ ދިފާއުއަކީ ތަހުގީގު މަރުހަލާގައި ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށްވާއިރު، އެކަން ފާހަގަ ކޮށްފައިނުވާތީ އެވެ.
ޝަމީމާއި މާޒިންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ވެސް ގާޒީ ނިންމެވީ ބަލައިނުގަތުމަށެވެ.
ގާޒީ ވިދާޅުވީ ޝަރީއަތުގެ މަރުހަލާ މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ފަހު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރަސްމީ ކޮންމެ ދުވަހަކު ހެކިބަސް ނެގުމުގެ ބައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކޮންމެ ދުވަހަކު ތިން ހެއްކެއްގެ ހެކިބަސް ނަންގަވާނެ ކަމަށާއި އެހެންވެ، ހެކިންނަށް އިސްކަން ދޭނެ ތަރުތީބު އެނގޭނެ ލިސްޓެއް ފޮނުވަން ގާޒީ ދައުލަތަށް އެންގެވި އެވެ.
އުދައްޔުގެ މަރު:ލޭހުރި ވަޅިއެއް، ކީހެއް ގެންގުޅުނު
އުދައްޔުގެ މަރު: ހަމަލާދިން ތަނެއް ހެކިންނަކަށް ނުފެނޭ
އުދައްޔުގެ މަރު:ހޮސްޕިޓަލަށް ދިޔައިރު ވަޅި ހަރުލާފަހުރި
އުދައްޔުގެ މަރު: ތިން މީހުން ވެސް ދައުވާއަށް އިންކާރު
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް