31 މެއި 2022
އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމައިފި އެވެ.
އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމައިފި އެވެ.
މިދިޔަ މާޗް މަހު ފެންމަތިވި އެ މައްސަލާގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. އޭގެފަހުން އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އޭނާ މިހާރު ވަނީ އެއްކޮށް ދޫކޮށްލައިފަ އެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފްކުރަން އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހާއަކީ ބަންދުކުރަން ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ ރަނގަޅަށް ކަމަށެވެ.
ހުކުމުގައިވަނީ އެ މީހާއަކީ ސްކޫލެއްގައި މަސައްކަތްކުރާ މީހަކަށް ވާއިރު، ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އޭނާއާ އެކު މަސައްކަތް ކުރާ މީހުން ތިބުމަކީ ބަންދުކުރަންޖެހޭ ސަބަބެއް ކަމުގައި ދަށު ކޯޓުން ބަލާފައިވާ ކަމަށެވެ. އެހެންވެ، އެއީ ގާނޫނުގައިވާ ގޮތުގެ މަތިން ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަނީ
ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބަޔާނެއް އެވަގުތު ދަށު ކޯޓަށް ހުށަހަޅާފައި ނެތަސް، އެއީ ދެން ހުރި ހެކިތަކަށް ބުރަދަން ނުދެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ކުއްޖާގެ މަންމަގެ ބަޔާނާއި މެޑިކޯ ލީގަލް ރިޕޯޓް ހުށަހެޅިފައި އޮތުމުން ގާނޫނުގައިވާ މިންވަރަށް އެ ހާލަތުގައި ހެކި ލިބިފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ހައްޔަރު އަމުރު ހޯދުމާއި ބަންދުކުރަން އެދުމުގައި ފުލުހުން އަމަލުކުރި އިޖްރައާތާ މެދު ވެސް އެ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި ސުވާލު އުފެއްދި އެވެ. އެކަމަކު ހުކުމުގައިވާ ގޮތުން އެއިން އެއްވެސް ކަމެއްގައި ވެސް ގާނޫނީ ގޮތުން ގޯހެއް ނެތެވެ.
Judgement Details:
— Supreme Court of the Maldives (@SCMaldives) May 31, 2022
Case Numbers: 2022/SC-A/44
For more info: https://t.co/YsOOzexlku pic.twitter.com/sBofel65Ze
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އެ މީހާ ހައްޔަރުކުރީ އޭނާއާ ދެކޮޅަށް އައްޑޫގައި މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. އަދި އޭނާ ހައްޔަރު ކުރުމުން އޭނާ މިނިވަން ކުރަން ގޮވާލައި އައްޑޫގައި ޕެޓިޝަނެއްގައި ވެސް ސޮއިކުރި އެވެ. ޕީޖީ އޮފީހުން ނިންމީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތުވާ ފުލުސްމީހާ ސަސްޕެންޑްކޮށްފި
ކުދިންނަށް ޖިންސީ އަނިޔާ: ހިސާބު ނަންބަރަކާ ނުގުޅުވޭނެ
އުމުރަށް ޖަލަށްލި މުނިކާފައަށް އިތުރު ހުކުމެއް
ހަކުދިންނާ ބެހުމުގެ ތުހުމަތުވި މީހާ ކޯޓުން ދޫކޮށްލައިފި
ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާ ދޫކޮށްލައިފި
ދުވަސްވީ މީހާ ހައި ކޯޓުން ވެސް ދުލެއް ނުކުރި
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ދެ ދަރިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށް
ޚާއްސައެހީ ބޭނުންވާ ކުއްޖަކާ ބެހުނު މީހަކު ސަލާމަތްނުވި
ޖިންސީ ގޯނާގެ މައްސަލަތަކުގެ ހައްޔަރުގައި ހަނު ހުރެވޭނެ