Roadha Mihaaru
ހަކުދިންނާ ބެހުމުގެ ތުހުމަތުވި މީހާ ކޯޓުން ދޫކޮށްލައިފި

ހަ ކުދިންނާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

09 މެއި 2022

އެއް އާއިލާގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއް އާއިލާގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 30 ދުވަސް ދިނެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މީގެ ކުރިން ބަލަނީ މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަނިޔާލިބުނު ކުދިންނާ އާއިލީގެ ގޮތުން ގުޅުމެއް އޮތް މީހަކަށެވެ.