Roadha Mihaaru
ޖިންސީ ގޯނާގެ ތުހުމަތުވާ ފުލުސްމީހާ ސަސްޕެންޑްކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރެވޭ ފުލުސްމީހާ ސަސްޕެންޑްކޮށްފި

18 ސެޕްޓެމްބަރ 2021

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އައްޑޫ ހިތަދޫން ހައްޔަރުކުރި ފުލުސްމީހާ ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އައްޑޫ ހިތަދޫން ހައްޔަރުކުރި ފުލުސްމީހާ ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން 34 އަހަރުގެ އެ ފުލުސްމީހާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން ގޮވާލައި، ގިނަ ބަޔަކު ހިތަދޫގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގައި ފުލުހުންގެ ވަޒީފާގައި ހުރި އެ މީހާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އޭނާ ހައްޔަރު ނުކުރި މައްސަލާގައި ހިތަދޫގައި ކުރި މުޒާހަރާ ހޫނުވެ، ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށް، ބައެއް މީހުންނަށް އަނިޔާވި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.