Roadha Mihaaru
ބައްޕައަކު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

11 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

11 ޑިސެމްބަރ 2022

ދެކުނު ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދެކުނު ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެކުނު ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ މައްސަލައެއް ކަމުން، ކުއްޖާގެ އައިޑެންޓިޑީ ރައްކާތެރިކުރުމުގެ ގޮތުން، ފުލުހުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ކުއްޖާގެ ބައްޕަކަން "މިހާރު" އަށް ވަނީ ޔަގީންކުރެވިފަ އެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ބުދަ ދުވަހު ރިޕޯޓްކުރި އެ މައްސަލާގައި އެ މީހާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.