19 މެއި 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރޭން ސިފައިންގެ އަތްދަށުވި ރަޝިޔާ ސިފައިންގެ މައްޗަށް މިހާރު ކުރަމުންދާ، ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ޝަރީއަތްތަކުގައި، ރަޝިޔާ ސިފައިން އެކަމަށް އިއުތިރާފުވާން ފަށައިފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރޭން ސިފައިންގެ އަތްދަށުވި ރަޝިޔާ ސިފައިންގެ މައްޗަށް މިހާރު ކުރަމުންދާ، ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ޝަރީއަތްތަކުގައި، ރަޝިޔާ ސިފައިން އެކަމަށް އިއުތިރާފުވާން ފަށައިފި އެވެ.
މިހާތަނަށް ދައުވާ އުފުލާފައިވާ ރަޝިޔާ ސިފައިންގެ ތެރެއިން، އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވި އެކަކު ވަނީ، އޭނާގެ މައްޗަށް އުފުލި ދައުވާ އަށް އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ޔޫކްރޭން ސަރުކާރުން ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ޔޫކްރޭނަށް އަރައި، ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި، ގަސްދުގައި މީހުން މެރުމުގެ ކުށުގަ އެވެ.
ސާޖަންޓް ރޭންކުގައި ހުރި ވަޑިމް ޝިޝިމަރިން، 21، ގެ މައްޗަށް ޔޫކްރޭން ސަރުކާރުން ކުރާ ދައުވާތައް އިއްވުމަށް ފަހު އެ ކުށްތަކަށް އިއުތިރާފްވަންތޯ، ފަނޑިޔާރު ސުވާލު ކުރެއްވުމުން އޭނާ ބުނީ، އެ ދައުވާއަށް އިއުތިރާފްވާ ކަމަށެވެ. ހަނގުރާމައިގެ އެންމެ ކުރީކޮޅު، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އާންމުންގެ މީހަކު މަރައިލި ކަމަށް، އޭނާ އިއުތިރާފްވުމާ ގުޅިގެން، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަކީ އެކަށީގެންވާ ކަމެކެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ، ފެބްރުއަރީ 28 ވަނަ ދުވަހު، ޔޫކްރޭންގެ އިރުމަތީ ސޫމީ ސަރަހައްދުގެ އަވަށެއްގައި މަގުމަތިން ބައިސްކަލް ދުއްވާފައި ދިޔަ، 62 އަހަރުގެ ފިރިހެނެއްގެ ގަޔަށް ބަޑި ޖަހައި މަރައިލި ކަމަށެވެ. ޔޫކްރޭންގެ ދައުލަތުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުގައި ސާޖަންޓް ޝިޝިމަރިންއަކީ ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ޓޭންކު ފައުޖެއްގެ ޔުނިޓް ކޮމާންޑަރެއްގެ މަގާމުގައި ހުރި މީހެކެވެ.
އޭނާ ދަތުކުރަމުން ދިޔަ ޓޭންކު ފައުޖަށް، ޔޫކްރޭން ސިފައިންގެ ހަމަލާތައް ކުރިމަތިވެ ޓޭންކުތައް ހަލާކުވުމުން، އޭނާ އާއި ސިފައިންގެ އިތުރު ހަތަރު މީހަކު ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އެ ސަރަހައްދުން ކާރެއް ވަގަށް ނަގައިގެން ފިލަން ދަނިކޮށް، އުމުރުން 62 އަހަރުގެ މުސްކުޅި ފިރިހެނަކު ބައިސްކަލެއްގައި ދަނިކޮށް ފެނުނެވެ.
ބައިސްކަލުގައި ދިޔަ މީހާގެ ފަރާތުން، ރަޝިޔާ ސިފައިންގެ މައުލޫމާތު ޔޫކްރޭން ސިފައިންނަށް ލިބިދާނެ ކަމުގެ ބިރަށްޓަކައި، އެ މީހާ މަރައިލުމަށް، އެ ކާރުގައި ތިބި ސިފައިންގެ ތެރެއިން އެކަކު އެންގުމާ ގުޅިގެން، ޝިޝިމަރިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށް އެ މުސްކުޅި މީހާގެ ގަޔަށް ބަޑިޖަހައި މަރައިލީ އެވެ.
ޝިޝިމަރިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް، އޭނާ ގެންގުޅުނު ބަޑިއާ ބެހޭ ފޮރެންސިކް ތަހުލީލުތަކާއި، ހެކިންގެ ގޮތުގައި، އޭނާއާ އެކުގައި އެ ވަގުތު ކާރުގައި ތިބި ރަޝިޔާގެ ބައެއް ސިފައިންނާއި، އެ ސަރަހައްދުގައި އެ ވަގުތު އުޅުނު ޔޫކްރޭންގެ ބައެއް އާންމުން ވެސް، ކޯޓަށް ހުށަހަޅާނެ ކަމަށް، ޔޫކްރޭންގެ ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި ޔޫކްރޭންގައި ހައްޔަރުކޮށްފައި ތިބި، ރަޝިޔާގެ ސިފައިންގެ ތެރެއިން އިތުރު ދެމީހެއްގެ ޝަރީއަތް މިއަދު ކޯޓުގައި ފަށާނެ އެވެ. އެމީހުންގެ މައްޗަށް ޔޫކްރޭން ސަރުކާރުން ދައުވާ ކުރަނީ، ޔޫކްރޭންގެ ޚަރްކީވް ސަރަހައްދުގައި ހުރި މަދަނީ އުމްރާނީ ވަސީލަތްތަކަކަށް ރޮކެޓް ހަމަލާތަކެއް ދިން މައްސަލައިގަ އެވެ.
ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައި ތިބި، ރަޝިޔާ ސިފައިންގެ 40 މީހަކު ޔޫކްރޭންގައި މިހާރު އެބަ ތިއްބެވެ. އެ މީހުންގެ މައްޗަށް ޔޫކްރޭނުން ދައުވާ ކުރަން ހުށަހަޅާ ތުހުމަތުތަކުގެ އަދަދު 11 އަށް އަރަ އެވެ.
ކިޔޭވް ސަރަހައްދުން އާންމުންގެ 400 ހަށިގަނޑު
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ރަޝިޔާގެ ކުލީ ސިފައިން ބަޚްމުތު ހިފައިފި
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ރަޝިޔާ އިން ވަރުގަދަ ހަމަލާއެއް އެބަ ރާވާ: ޔޫކްރޭން
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ނޭޓޯ އިން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަނީ
އެމެރިކާގެ މިސައިލްތަކެއް ރަޝިޔާގެ މަތިން ވައްޓާލައިފި
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ