19 މެއި 2022
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގައި މި އަހަރު ރިކޯޑް މިންވަރަކަށް ހޫނުގަދަވެދާނެ ކަމަށް ސައިންސްވެރިން އިއްޔެ ލަފާކޮށްފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގައި މި އަހަރު ރިކޯޑް މިންވަރަކަށް ހޫނުގަދަވެދާނެ ކަމަށް ސައިންސްވެރިން އިއްޔެ ލަފާކޮށްފި އެވެ.
މި ދުވަސްވަރު އިންޑިއާގެ އުތުރު ދެކުނު ހިސާބުތަކުގަޔާއި ޕާކިސްތާނުގައި އާދަޔާ ހިލާފަށް ހޫނުގަދަ އެވެ.
އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާގެ ސައިންސްވެރިން ބުނި ގޮތުގައި 2010 ވަނަ އަހަރުގެ ފަހުން، އެންމެ ހޫނުގަދަވާ ދުވަސްވަރުގައި އާންމުކޮށް ދުނިޔޭގެ އެވްރެޖު ހޫނުމިން ހުންނަ މިންވަރަށް ވުރެ، ގުދުރަތީ ގޮތުން، ހޫނުމިން މައްޗަށް ދާނެ ކަމަށް ބެލެވެނީ އޭގެ 312 އަހަރު ފަހުން ކަމަށެވެ. އެކަމަކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެ ތިން އަހަރަކުން އެވްރެޖު ހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަޅާކިޔުމަށް، އެ ސައިންސްވެރިން 2010 ވަނަ އަހަރު ބޭނުންކުރީ، އެ އަހަރުގެ އެޕްރީލް އަދި މެއި މަހަކީ 1900 ވަނަ އަހަރުގެ ފަހުން ރިކޯޑް މިންވަރަކަށް ހޫނުގަދަވި އަހަރަށް ވާތީ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް، ދަނޑުތައް ހަލާކުވެ، ކަރަންޓުގެ ހިދުމަތަށް ބުރުއަރާއި އަދި ގެއިން ބޭރަށް މީހުން ނިކުމެ އުޅުމަށް ވަނީ ދަތިވެފަ އެވެ. ބައެއް އެކްސްޕާޓުން ވަނީ އެއީ އިންސާނުންނަށް ކެތްވާވަރަށް ވުރެ ގަދަ ހޫނެއްތޯ ސުވާލު ވެސް އުފައްދައިފަ އެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި މިހާރު އެންމެ ހޫނުގަދަ އެއް ސިޓީ ކަމަށްވާ ޖެކޯބްބާދުގައި މިދިޔަ އާދިއްތަ ދުވަހު އިހުސާސްކުރެވޭ ހޫނުމިން 51 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔަ އެވެ. އަދި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހަމަ އެ ދުވަހު، އިހުސާސްކުރެވޭ ހޫނުމިން 49 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔަ އެވެ.
އެ މިންވަރަށް ހޫނުވުން އާންމުވެއްޖެ ނަމަ، މި ގަރުނު ނިމޭއިރު ކޮންމެ އަހަރަކު ރިކޯޑް މިންވަރަކަށް އެވްރެޖު ހޫނުމިން މައްޗަށް ދާނެ ކަމަށް ވެސް އިނގިރޭސިވިލާތުގެ ސައިންސްވެރިން ލަފާކުރި އެވެ.
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
ހޮނުއެޅުން އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ
މިއީ މާލެއަށް މިހާތަނަށް އެންމެ ހޫނު ދުވަސް
އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީން މައްޗަށް
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ގަދަ ހޫނަށް ފަހު ރޭ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ
އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް އަރައިފި
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން