Roadha Mihaaru
ޓީމު އިވެންޓްތަކުގެ ފައިނަލުގެ ޖާގަ ރާއްޖެއަށް ނުލިބުނު

ޓީމު އިވެންޓްތަކުގެ ފައިނަލުގެ ޖާގަ ރާއްޖެއަށް ނުލިބުނު

10 މެއި 2022

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް މުބާރާތުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ރާއްޖޭގެ މައްޗަށް 3-2 ގޭމުން މެޗު ކާމިޔާބުކޮށް ލަންކާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް މުބާރާތުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ރާއްޖޭގެ މައްޗަށް 3-2 ގޭމުން މެޗު ކާމިޔާބުކޮށް ލަންކާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ގޭމްގައި އައިޝަތު ރަފާ ނާޒިމް ނުކުތީ ލަންކާގެ ބިމާންދީއާ ދެކޮޅަށެވެ. ބިމާންދީ ގޭމް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 11-9، 13-11 އަދި 11-7 ންނެވެ. ދެވަނަ ސެޓްގައި މެޗު ނިންމާލަން ރަފާ އަށް ދެފަހަރު ފުރުސަތު ލިބުނެވެ. އެކަމަކު ބިމާންދީ ވަނީ ނަތީޖާ ހަމަހަމަ ކޮށް އަދި ލީޑް ނަގައިފަ އެވެ.

ދެވަނަ ގޭމްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ލަންކާގެ އައިލިއާގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިފަ އެވެ. ފުރަތަމަ ދެ ސެޓް ދީމާ ކާމިޔާބު ކުރީ 11-8 އަދި 11-9 ންނެވެ. ގޭމް ނިންމާލަން ލިބުނު ސެޓްގައި ދީމާ އަށް މާ ބޮޑަށް ފަސޭހަކޮށްލެވި އައިލިއާ ސެޓް ގެންދިޔައީ 11-9 ންނެވެ. އެކަމަކު ހަތަރުވަނަ ސެޓް ދީމާ ކާމިޔާބު ކުރީ 11-7 ންނެވެ.

ތިންވަނަ ގޭމްގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އާދެކޮޅަށް ނުކުތީ ލަންކާގެ މަނީޝާ އެވެ. ފުރަތަމަ ސެޓް ފަށައިގެން ކުރީކޮޅު މިޝްކާ ލީޑް ކުރި އެވެ. އެކަމަކު ފަސްވަނަ ޕޮއިންޓާ ހަމައިން މަނީޝާ ލީޑް ކުރަމުން ގޮސް ސެޓް ކާމިޔާބު ކުރީ 11-5 ންނެވެ. ދެވަނަ ސެޓްގައި މިޝްކާ ވަނީ މަނީޝާއާ ޕޮއިންޓްގެ ގޮތުން ވަރަށް ކައިރިކޮށްފަ އެވެ. އެކަމަކު ސެޓް އަނބުރާ ލެވޭގޮތެއް ނުވި އެވެ. އެސެޓް މަނީޝާ ކާމިޔާބު ކުރީ 13-11 އިންނެވެ. އަދި ތިންވަނަ 11-6 ކާމިޔާބު ކުރި އެވެ.

ރާއްޖެ ބަލި ކުރުމަށްފަހު އިންޑިއާގެ ކުޅުންތެރިޔާ އުފާފާލު ކުރަނީ ކެޑޭޓޤ ބައިގެ ފައިނަލަށް އިންޑިއާ ދިޔައީ ރާއްޖެ ބަލި ކުރުމަށްފަހު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ ބަލި ކުރުމަށްފަހު އިންޑިއާގެ ކުޅުންތެރިޔާ އުފާފާލު ކުރަނީ ކެޑޭޓޤ ބައިގެ ފައިނަލަށް އިންޑިއާ ދިޔައީ ރާއްޖެ ބަލި ކުރުމަށްފަހު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިންވަނަ ގޭމްގައި އަލުން ދީމާ ކުޅެން ނުކުމެ ގޭމް އެއްވަރު ކުރި އެވެ. ބިމާންދީއާ ދެކޮޅަށް ފަސޭހަ ކަމާއެކު ތިން ސެޓް ވެސް ދީމާ ކާމިޔާބު ކުރި އެވެ. އޭނާ ސެޓްތައް ގެންދިޔައީ 11-7، 11-6 އަދި 11-7 ންނެވެ.

މެޗުގެ ޑިސައިޑިން ގޭމްގައި ރަފާ ނުކުތީ އައިލިއާ ދެކޮޅަށެވެ. ސެޓްގެ ކުރީކޮޅު ރަފާ ލީޑް ކުރި އެވެ. އެކަމަކު އައިލިއާ ސެޓް ގެންދިޔައީ 12-10 ންނެވެ. އަދި ދެވަނަ ސެޓް 11-9 ން އޭނާ ކާމިޔާބު ކުރި އެވެ. ތިންވަނަ ސެޓްގައި ވަރަށް ކައިރި ކުރި އެވެ. މެޗު ނިންމާލުމުގެ ޕޮއިންޓާ ގާތް ކުރި އެވެ. އެކަމަކު އައިލިއާ ވަނީ 13-11 އިން ކުރި ހޯދައި މެޗުން ލަންކާ މޮޅުކޮށްދީފަ އެވެ.

ކެޑޭޓް ބައިގެ ސެމީގައި ރާއްޖެ ބަލިވީ އިންޑިއާ އަތުން

ކެޑޭޓް އަންހެން ސެމީ ފައިނަލުގައި މިއަދު ހެނދުނު އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމްގައި ދީމާ ނުކުތީ ޖެނިފާއާ ދެކޮޅަށެވެ. ޖެނިފާ ފުރަތަމަ ދެ ގޭމް ކާމިޔާބު ކުރީ 11-6 ންނެވެ. ތިންވަނަ ގޭމްގައި ވާދަވެރިކޮށް ދިޔަނަމަވެސް ޖެނިފާ ކާމިޔާބު ކުރީ 12-10 ންނެވެ.

ދެވަނަ ގޭމްގައި ރާއްޖޭގެ މިޝްކާއާ ދެޅަށް ނުކުތީ ހަންސިނީ އެވެ. ހަންސިނީ ސެޓްތައް ގެންދިޔައީ 11-5، 11-5 އަދި 11-3 ންނެވެ. ތިންވަނަ ގޭމަކީ ޑަބަލްސް ގޭމެވެ. އެ މެޗަށް ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް ފުރުސަތު ދިނީ މިޝްކާގެ އިތުރުން މަލަކާ ބިންތި މުއިއްޒު އެވެ. އެޕެއާ އާ ދެކޮޅަށް ނުކުތީ ޖެނިފާ އާއި ސަންދިކާ އެވެ. އިންޑިއާގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.