10 މެއި 2022
މި އަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯގެ މުވައްޒަފުން، މިއަދު އޮފީހަށް ނުކުތީ އެ މީހުންގެ ދަރިން ވެސް ގޮވައިގެންނެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯގެ މުވައްޒަފުން، މިއަދު އޮފީހަށް ނުކުތީ އެ މީހުންގެ ދަރިން ވެސް ގޮވައިގެންނެވެ.
ދުވަހުގެ އެންމެ ހާއްސަ ކަމަކީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތު މާހައުލުގައި ވެސް ދަރިންނާ އެކު ވަގުތު ހޭދަކުރުން ކަމަށް ވާތީ، ހެޑް އޮފީހުގެ އެކު ފްލޯތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޭމްތައް ތައްޔާރުކޮށްފައި ހުއްޓެވެ. އެ އޮފީސްތެރެ ވެސް އޮތީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފަ އެވެ.
އެސްޓީއޯގައި ކުޑަ ކުއްޖަކު ކުޅިވަރެއް ކުޅެނީ. އެ އޮފީހުގެ އެކި ފްލޯތަކުގައި ގިނަ ކުޅިވަރުތަކެއް ކުޑަކުދިންނަށް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
އެސްޓީއޯ އިން ބުނީ، މިފަދަ ކަމެއް ކުރީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެ ކުދިންނަށް މަންމަ ނުވަތަ ބައްޕަގެ މަސައްކަތު މާހައުލު ދައްކާލައި އުފާވެރިކަމާ އެކު ކުޑަކުދިންގެ ދުވަސް ހޭދަކުރަން ފަހިކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ މޭ 10 ކަނޑައެޅީ 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.
އެސްޓީއޯގައި ކުޑަ ކުއްޖަކު ކުޅިވަރެއް ކުޅެނީ. ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ކުލަ ގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
މޭ 10 ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކަނޑައެޅީ، ތުއްތު ކުދިންނަށް ތައުލީމު ދިނުމަށް ހާއްސަ ކޮށްފައިވާ ސްކޫލް ހުޅުވީ އެ ދުވަހު ކަމަށް ވާތީ އެވެ.
ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް
"އުޅުންހުރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް"
ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާގެ އާޓް ޗެލެންޖެއް
އެސްޓީއޯގެ މުވައްޒަފުންގެ ކުދިންނަށް ޑޭކެއާގެ ފީ ދެނީ
ހުޅުމާލޭ ހޮސްޕިޓަލަށް އުފަންވާކުދިންނަށް އެސްޓީއޯގެހަދިޔާ
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް
މާދަމާ ޕީއެސްއެމްގެ ޕްރޮގްރާމް ހުށަހަޅައިދޭނީ ކުޑަކުދިން
އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ ގިފްޓް ހެމްޕާއެއް
އިހްތިރާމްކުރަން ދަސްވާނީ ކުދިންނަށް ލޯބިދީގެން: ރައީސް
ކުޑަކުދިން ބާރުވެރިކުރަން މުޖްތަމައުގެ ރޯލު މުހިއްމު