Roadha Mihaaru
އެސްޓީއޯގެ މުވައްޒަފުންގެ ކުދިންނަށް ޑޭކެއާގެ ފީ ދެނީ

އެސްޓީއޯގެ މުވައްޒަފުންގެ ދަރިންނަށް ޑޭކެއާ ސެންޓަރުގެ ފީ ދައްކައި ދެނީ

15 ފެބުރުއަރީ 2023

އެސްޓީއޯގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުދިންގެ ޑޭކެއާ ސެންޓަރުގެ ފީ އެ ކުންފުނިން ދޭ ގޮތަށް ހަމަޖައްސައި، ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުދިންގެ ޑޭކެއާ ސެންޓަރުގެ ފީ އެ ކުންފުނިން ދޭ ގޮތަށް ހަމަޖައްސައި، ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި މުވައްޒަފުން ވެސް އެންމެ ގިނަ އެއް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން، ޑޭކެއާ ސެންޓަރަކުން ހިިދުމަތް ހޯދަން ބޭނުންވާ ކޮންމެ މުވައްޒަފަކަށް 2،500ރ. އާ ހަމައަށް އެހީތެރި ވެދޭނެ ކަމަށެވެ.

"ލިޓްލް ވޮންޑާސް" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރި ކުރެވޭނީ އުމުރުން 8 އަހަރުން ދަށުގެ ކުދިންނެވެ. އެހެންވެ، ބޭނުންވާ ކޮންމެ މުވައްޒަފަކަށް ވެސް ރަޖިސްޓަރީ ކޮށްފައިވާ ޑޭކެއާ ފެސިލިޓީއަކަށް ކުދިން ފޮނުވުމުގެ ފައިސާ އަށް އެދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގައި ޑޭކެއާ ސެންޓަރެއް ހެދުމުގެ ބަދަލުގައި އެ ހިދުމަތް ބޭނުންވާ މުވައްޒަފުންނަށް ފައިސާ ދޭން ނިންމީ އެ ކުންފުނިން ކުރި ދިރާސާ އާއި މުވައްޒަފުންނާ ކުރި މަޝްވަރާތަކަށް ފަހު ލިބުނު މައުލޫމާތުތަކުގެ އަލީގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

“އެސްޓީއޯގެ ގިނަ މުވައްޒަފުން މިހާރު ވެސް ދަނީ ޑޭކެއާގެ ހިދުމަތް ހޯދަމުން. އެހެންވެ، އަޅުގަނޑުމެން ނިންމީ އެ މުވައްޒަފަކު މިހާރު ވެސް އެ ހިދުމަތް ހޯދާ ގޮތަށް ބޭނުން، ކޮމްފޮޓަބަލް ތަނަކުން އެ ހިދުމަތް ހޯދުމުގެ ފުރުސަތު ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ޑޭކެއާ ސެންޓަރުތައް ފުޅާކުރުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ދިނުމަކީ ވެސް އެސްޓީއޯގެ ޕްރޮގްރާމްގެ އަމާޒެކެވެ.

އެސްޓީއޯ އިން ބޭއްވި ހަރަކާތެއްގައި ކުޑަކުއްޖަކު ބައިވެރިވަނީ: އެ ކުންފުނީގެ މުވައްޒަފުންގެ އުމުރުން 8 އަހަރުގެ ކުދިންނަށް ޑޭކެއާގެ ހަރަދު ދޭން ނިންމީ ދިރާސާ އާއި މުވައްޒަފުންނާއެކު ކުރި މަޝްވަރާތަކަށް ފަހު.

އެސްޓީއޯ އިން ބޭއްވި ހަރަކާތެއްގައި ކުޑަކުއްޖަކު ބައިވެރިވަނީ: އެ ކުންފުނީގެ މުވައްޒަފުންގެ އުމުރުން 8 އަހަރުގެ ކުދިންނަށް ޑޭކެއާގެ ހަރަދު ދޭން ނިންމީ ދިރާސާ އާއި މުވައްޒަފުންނާއެކު ކުރި މަޝްވަރާތަކަށް ފަހު.

އެސްޓީއޯ އިން ބުނީ، ޑޭކެއާ ސެންޓަރުތަކުން ހިދުމަތް ހޯދާ މީހުން އެ ޕްރޮގްރާމްގެ ދަށުން އިތުރުވުމަކީ އަމިއްލަ ކުންފުނިތަކަށް ޑޭކެއާ ސެންޓަރުތަކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް މަސައްކަތް ކުރާ ބެލެނިވެރިންގެ ކުދިން ޑޭކެއާ އަށް ފޮނުވުމަކީ މުހިންމު ކަމެކެވެ. އެ ބެލެނިވެރިއަކަށް އިތުބާރު ކުރެވޭ ސެންޓަރަކުން ހިދުމަތް ހޯދުމުގެ ފުރުސަތު މުހިންމު ކަމަށް ވެސް ބުންޏެވެ.

ދުޅަހެޔޮ ވަޒީފާގެ މާހައުލެއް ގާއިމު ކުރެވޭނީ އެ ފަދަ ފުރުސަތުތައް މުވައްޒަފުންނަށް ހޯދައި ދީގެން ކަން އެ ކުންފުނިން ގަބޫލުކުރެ އެވެ.