Roadha Mihaaru
އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ ގިފްޓް ހެމްޕާއެއް

ޓްރީ ޓޮޕްގައި އުފަންވާ ކުދިންނަށް އެސްޓީއޯ އިން ގިފްޓް ހެމްޕާއެއް

23 ނޮވެމްބަރ 2021

އަލަށް އުފަަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަލަށް އުފަަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

"ފަހުރުވެރި އާއިލާ"ގެ ނަމުގައި މި މަހު ފެށި މި ޕްރޮމޯޝަނަކީ ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިގެން ހިންގާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ގިފްޓް ހެމްޕާ ލިބޭނީ ޓްރީ ޓޮޕުގައި އުފަންވާ ކުދިންނަށެވެ.

މިއީ އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މިގޮތަށް ނިންމި ނަމަވެސް ޕްރޮމޯޝަނުގެ މުއްދަތު އިތުރުވެދާނެ ކަމަށް އެސްޓީއޯއިން ލަފާކުރެ އެވެ.

މި ގިފްޓް ހެމްޕާގައި އެސްޓީއޯއިން ވިއްކާ ކުޑަކުދިންންނަށް ހާއްސަ އުފެއްދުންތައް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި ހަގީސް ބްރޭންޑުގެ ނެޕީ އާއި ވޮންޑަ ޕޭންޓްސް ހިމެނެ އެވެ. މި ނެޕީތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އިތުރުން ދިވެހިންގެ ވެސް މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ހަގީސް ބްރޭންޑުގެ ނެޕީ އާއި ވޮންޑަ ޕޭންޓްސް އެސްޓީއޯގެ ސުޕަމާޓުން ލިބެން ހުންނާނެ އެވެ. މިއީ ތުއްތު ކުދިންގެ ހަންގަނޑަށް އަރާމު، ލީކުވުމުން ދުރުކޮށްދޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮލިޓީ ނެޕީއެކެވެ.