Roadha Mihaaru
ޕްރިތުވިރާޖްގެ ޓްރެއިލާ ނެރެފި

އަކްޝޭގެ "ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފި

10 މެއި 2022

އަކްޝޭ ކުމާރު ލީޑު ރޯލު ކުޅޭ "ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފި އެވެ.

އަކްޝޭ ކުމާރު ލީޑު ރޯލު ކުޅޭ "ޕްރިތުވިރާޖް"ގެ ޓްރެއިލާ ނެރެފި އެވެ.

ޔަޝް ރާޖް ފިލްމް އިން ނެރޭ އެ ފިލްމަކީ ތާރީހީ ޑްރާމާއެކެވެ. ހަނގުރާމަ މަތީ މަންޒަރުތަކެއް ފެންނާނެ، އެ ފިލްމުގައި 2017 ގެ މިސް ވޯލްޑްގެ މަގާމު ހޯދި މަނުޝީ ޗިއްލާ ވެސް އުޅެ އެވެ. އެއީ އޭނާގެ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

ޓްރެއިލާގައި މަނުޝީ ފެނުނީ ވަރަށް މަދު މަންޒަރުތަކަކުންނެވެ. ބޮޑަށް ފެންނަނީ ހަނގުރާމައިގެ އެކި މަންޒަރުތަކެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗިން އިވެންޓުގައި އަކްޝޭ ބުނީ "ޕްރިތުވިރާޖު"ގެ ރޯލު ކުޅުމުގެ ކުރިން، އެ ފިލްމު އެ މީހަކަށް ހާއްސަކުރާ އިންޑިއާގެ ކުރީގެ ރަސްގެފާނު ޕްރިތުވިރާޖް ޗޯހާންއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުން ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށެވެ. ރަސްގެފާނުގެ ދިރިއުޅުމުގެ ކޮންމެ ވަގުތުކޮޅަކީ ވެސް ޝައުގުން ފުރިގެންވާ ވަގުތުތަކެއްކަން އެނގުނު ކަމަށް ބުންޏެވެ.

އެ ފިލްމުގެ ސަޕޯޓިން ރޯލުން ސަންޖޭ ދަތާއި ސޯނޫ ސުއޫދު ވެސް ފެންނާނެ އެވެ. އެ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހު ތިނެއްގަ އެވެ.