10 ޖޫން 2022
ބޮލީވުޑްގެ ކާމިޔާބު ތަރި، އަކްޝޭ ކުމާރު ލީޑު ރޯލުން ފެންނަ ފިލްމު، "ސަމްރަތު ޕްރިތުވިރާޖު" ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.
ބޮލީވުޑްގެ ކާމިޔާބު ތަރި، އަކްޝޭ ކުމާރު ލީޑު ރޯލުން ފެންނަ ފިލްމު، "ސަމްރަތު ޕްރިތުވިރާޖު" ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.
އަކްޝޭ އާއި 2017 ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި މަނުޝީ ޗިއްލާ ފެންނަ އެ ފިލްމަކީ ޔަޝް ރާޖް ފިލްމްސް އިން ނެރުނު އިންޑިއާގެ ކުރީގެ ރަސްގެފާނު ޕްރިތުވިރާޖް ޗޯހާންއާ ގުޅޭ ފިލްމެކެވެ. އެކަމަކު ބޮކްސް އޮފީހުގައި އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނެވެ.
ޗަންދްރަޕްރަކާޝް ޑައިރެކްޓްކޮށް ނެރުނު ފިލްމަށް ހުކުރު ދުވަހު 10.70 ކްރޯޑް ރުޕީސް ލިބުނެވެ. އަދި ހޮނިހިރު ދުވަހު 12.60 ކްރޯޑް ރުޕޯސް ލިބުނުއިރު އާދިއްތަ ދުވަހު 16.10 ކްރޯޑް ރުޕީސް ލިބުނެވެ. އެކަމަކު ރަނގަޅު އާމްދަނީއެއް ލިބެމުންގޮސް ހޯމަ ދުވަހުން ފެށިގެން ކުއްލިއަކަށް ހަމަ އަގު ވެއްޓުނީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީގައި އެ ފިލްމަށް އެއްގޮތަކަށް ވެސް ތަރުހީބެއް ނެތެވެ. އެއްވެސް ޓިކެޓެއް ނުވިކިގެން އިއްޔެ ހެނދުނު އޮތް ޝޯ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މުމްބާއީގައި ފިލްމު ނުހިނގިޔަސް، ދިއްލީގައި ފިލްމަށް ތަންކޮޅެއް ތަރުހީބު ލިބެ އެވެ. ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސްގެ ބަޖެޓަކާ އެކު އުފެއްދި އެ ފިލްމު ފްލޮޕްވާނެ ކަމަށް ލަފާކުރެވޭއިރު، މިދިޔަ މާޗު މަހު ރިލީޒްކުރި "ބައްޗަން ޕާންޑޭ" އަކީ ވެސް ފްލޮޕެކެވެ. އެއީ ވެސް އަކްޝޭ ލީޑުން ފެނުނު ފިލްމެކެވެ.
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު
ދިވާލީގައި އަކްޝޭ އާއި ޝާހިދުގެ ކުރިމަތިލުމެއް
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
މިދިޔަ އަހަރަކީ ބޮލީވުޑަށް އެންމެ ކާމިޔާބު އަހަރު
ދަރުމެންދުރަގެ ތިންބަފައިންނަށް ކާމިޔާބު އަހަރެއް
ހަ ދުވަސް ތެރޭ "އެނިމަލް" އަށް 59 މިލިއަން
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު
"ޕަތާން" ފަހަތަށް ޖައްސާލާފައި "ޖަވާން" ކުރިއަށް
"ދަޅުކަން"ގެ ދެވަނަ ބައެއް ގެނެސްދެނީ