27 އޯގަސްޓް 2023
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރަވީނާ ޓެންޑޮން، 20 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރަވީނާ ޓެންޑޮން، 20 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ދެތަރިން އެކުގައި ފެންނާނީ އަކްޝޭގެ ކުރިއަށް އޮތް ކޮމެޑީ ފިލްމު "ވެލްކަމް 3" އިންނެވެ. އެ ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ދެތަރިން ކުޅެނީ ވެސް އޮން-ސްކްރީން ޖޯޑެއްގެ ރޯލު ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
އެ ދެމީހުން އެކުގައި އެންމެފަހުން ފިލްމެއް ކުޅުނީ 2004 ވަނަ އަހަރެވެ. އެއީ "ޕޮލިސް ފޯސް" އޭން އިންސައިޑް ސްޓޯރީ"ގަ އެވެ.
ދެތަރިންގެ އޮން-ސްކްރީން ކެމިސްޓްރީ ވަރަށް ގުޅޭ ވާހަކައަކީ އަދިވެސް ގިނަ ބަޔަކު ދައްކާ އުޅޭ ވާހަކައެކެވެ. ހާއްސަކޮށް ދެތަރިން އެކުގައި ކުޅުނު މަޝްހޫރު ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ"ގެ ފަހުން އެ ވާހަކަ ނުހުއްޓެވެ.
އަކްޝޭ އާއި ރަވީނާ ކުރިން ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅުނެވެ.
ބޮލީވުޑްގެ ކޮމެޑީ ފިލްމު ސީރީޒް "ވެލްކަމް 3" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު ޑިސެމްބަރުގަ އެވެ.
އަކްޝޭ އާއި ރަވީނާއާ އެކު އެ ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ ސުނިލް ޝެޓީ، ޖެކޮލިން ފެނާންޑޭޒް، ދިޝާ ޕަޓާނީ، އަރްޝަދު ވާސީ އަދި ސަންޖޭ ދަތެވެ.
"ވެލްކަމް"ގެ ފުރަތަމަ ފިލްމު ނެރުނީ 2007 ގަ އެވެ. ދެވަނަ ފިލްމު ގެނެސްދިނީ 2015 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓުކުރީ އަނީސް ބަޒްމީ އެވެ. އެކަމަކު ތިން ވަނަ ފިލްމު ޑައިރެކްޓުކުރަނީ "ބާގީ" އާއި "ހީރޯޕަންތީ" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި އަހްމަދު ހާން އެވެ.
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮމެޑީއަކުން އަކްޝޭ އަށް 100 ކްރޯޑް ރުޕީސް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ