02 މެއި 2022
ރަޝިއާ އިން އަދިވެސް ޔުކްރެއިނަށް ހަމަލާތައް ދެމުންދާއިރު، ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކުރުމަށް އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ހިއުމެނިޓޭރިއަން އެންޖެލީނާ ޖޯލީ އެ ގައުމަށް ހިނގައްޖެ އެވެ.
ރަޝިއާ އިން އަދިވެސް ޔުކްރެއިނަށް ހަމަލާތައް ދެމުންދާއިރު، ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކުރުމަށް އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ހިއުމެނިޓޭރިއަން އެންޖެލީނާ ޖޯލީ އެ ގައުމަށް ހިނގައްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނާސް ރެފިއުޖީސް (ޔޫއެންއެޗްސީއާރު)ގެ ސްޕެޝަލް އެންވޯއީގައި ވެސް ހިމެނޭ ޖޯލީ ޔޫކްރެއިން އަށް ދިޔުމާ އެކު އެ ގައުމުގައި ތިބި އޭނާގެ ފޭނުން ވަނީ އުފާ ފާޅުކޮށްފަ އެވެ.
ޖޯލީގެ ދަތުރުގައި ތަފާތު ގިނަ ކަންތައްތަކެއް ބެލުމަށް ހަމަޖެހިފައިވެ އެވެ. އެންމެ މުހިއްމު އެއް ކަމަކީ ރަޝިއާގެ ފަރާތުން ދޭ ހަމަލާތަކާ ގުޅިގެން ޔުކްރެއިންގައި ތިބި ކުޑަކުދިންނަށް ކުރާ އަސަރުތައް ދެނެގަތުމެވެ.
އެންޖެލީނާ ޖޯލީ ޔުކްރެއިންގައި މީހަކާ އެކު ސެލްފީއަކަށް ހުއްޓިގެން.
"މި ހަނގުރާމައަކީ ޔުކްރެއިންގެ އެތައް ޖީލުތަކަކަށް އޭގެ އަސަރުތައް ދެމިގެންދާނެ ކަމެއް،" ވީޑިއޯ ކޯލަކުން އެމެރިކާގެ ނޫސްތަކާ ވާހަކަދައްކަމުން އެންޖެލީނާ ބުންޏެވެ.
ޖޯލީގެ އެ ދަތުރުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ. އެ މަސައްކަތުގައި ވޮލެންޓިއަރުންނާއި ޑޮކްޓަރުންނާ ގުޅިގެން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދީ، އަމަލީ ގޮތުން ވެސް ކަންތައްތަކުގައި އެހީތެރިވުމަށް އޭނާ ބައިވެރިވާނެ ކަމަށް ބުންޏެވެ.
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ރެފިއުޖީންނަށް އެހީވާން އެންޖެލީނާ ޔަމަނަށް ގޮސްފި
ޖޯލީ އަށް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމަކަށް
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ