09 މާޗް 2022
ހާލުގައި ޖެހިފައިވާ އެތައް ރެފިއުޖީންތަކަކަށް އެހީވުމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީ ޔަމަނަށް ގޮސްފި އެވެ.
ހާލުގައި ޖެހިފައިވާ އެތައް ރެފިއުޖީންތަކަކަށް އެހީވުމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީ ޔަމަނަށް ގޮސްފި އެވެ.
އެންޖެލީނާ އަކީ އަބަދު ވެސް އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ތަރިއެކެވެ. އޭނާ ވަނީ މީގެ ކުރީން ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އެޖެންސީ (ޔޫއެންއެޗުސީއާރު) އާ ގުޅިގެން އެކި ފަހަރުގެ މަތިން މަސައްކަތް ކޮށްފަ އެވެ. މިހާރު ވެސް އޭނާ އަންނަނީ އެ އެޖެންސީއާ ގުޅިގެން ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
އޭނާ ވަނީ މިދިޔަ ހަފުތާ ބަންދުގައި ޔަމަނަށް ގޮސްފަ އެވެ. އަދި އެ އެޖެންސީ އާ ގުޅިގެން އެންޖެލީނާ ވަނީ ރެފިއުޖީންނަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފަ އެވެ.
ޔަމަނުގައި ކުރިއަށްދާ ސިވިލް ވޯގެ ތެރެއިން 20 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ޔަމަނުގައި ހިނގާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގުތިސޯދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.
ޔަމަނުގެ ހާލަތާ ގުޅިގެން ވާހަކަދައްކަމުން އެންޖެލީނާ ވަނީ ރަޝިއާ އިން ޔޫކްރެއިނަށް މިހާރު ދެމުންދާ ހަމަލާތައް ވެސް ކުށްވެރިކޮށްފަ އެވެ. އަދި އިންސާނީ ހައްގުތައް ގެއްލިގެންދާ އެފަދަ ހުރިހާ އަމަަލުތަކާއި ހަނގުރާމަތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
އެންޖެލީނާ ޖޯލީ ޔޫކްރެއިނަށް ހިނގައްޖެ
ޖޯލީ އަށް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމަކަށް
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ