Roadha Mihaaru
ވޯލްޑް ކަޕް ބަލަން ގަތަރަށް ދަނީ ބައިސްކަލުގައި

އާޖެންޓީނާގެ ބަޔަކު ވޯލްޑް ކަޕް ބަލަން ގަތަރަށް ދަނީ ބައިސްކަލުގައި

30 އެޕްރީލް 2022

ދެކުނު އެފްރިކާގައި ދިރިއުޅޭ އާޖެންޓީނާގެ ހަތަރު މީހަކު ވޯލްޑް ކަޕްގައި އެ މީހުންގެ ގައުމަށް ސަޕޯޓްކުރަން، ބައިސްކަލުގައި މި އަހަރު އެ މުބާރާތް ބާއްވާ ގަތަރަށް ދިއުމަށް ނިންމައިފި އެވެ.

ދެކުނު އެފްރިކާގައި ދިރިއުޅޭ އާޖެންޓީނާގެ ހަތަރު މީހަކު ވޯލްޑް ކަޕްގައި އެ މީހުންގެ ގައުމަށް ސަޕޯޓްކުރަން، ބައިސްކަލުގައި މި އަހަރު އެ މުބާރާތް ބާއްވާ ގަތަރަށް ދިއުމަށް ނިންމައިފި އެވެ.

އެ ހަތަރު މީހުންނަކީ ވަރަށް ގާތް އެކުވެރިންނެވެ. ސައުތު އެފްރިކާގެ ވެރިރަށް ކޭޕް ޓައުން އިން ބައިސްކަލު ދުއްވާފައި އެމީހުންނަށް ގަތަރުގެ ދޯހާ އަށް ދެވޭނީ 10،500 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ހުރަސްކޮށްފަ އެވެ. އެ ގްރޫޕްގެ ދަތުރު ފަށާނީ އަންނަ މަހު 15 ގަ އެވެ.

އެ ދަތުރުގައި ދުނިޔޭގެ ދެ ބައްރުގެ 15 ގައުމެއް އެމީހުން ހުރަސްކުރާނެ އެވެ. އަދި އެ ދަތުރަށް ހަ މަސް ހޭދަވާނެ އެވެ.

ވޯލްޑް ކަޕް ބަލަން ބައިސްކަލުގައި ގަތަރަށް ދާ އާޖެންޓީނާ ގްރޫޕްގެ ދެ މީހުން -- ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕް ބަލަން ބައިސްކަލުގައި ގަތަރަށް ދާ އާޖެންޓީނާ ގްރޫޕްގެ ދެ މީހުން -- ފޮޓޯ: ރޮއިޓާސް

މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފުރަތަމަ މެޗު ކުޅޭނީ ނޮވެމްބަރު 22 ގަ އެވެ. އެ މެޗުގައި އެ ގައުމު ވާދަކުރާނީ ސައުދި އަރަބިއްޔާއާ އެވެ.

އެ ގްރޫޕްގެ އެއް މެމްބަރު ކަމަށްވާ ލޫކަސް ލެޑްޒީމާ ވަނީ މީގެ ކުރިން ވެސް ދެ ވޯލްޑް ކަޕަކަށް ސައިކަލުގައި ދަތުރުކޮށްފަ އެވެ. އެއީ ބްރެޒިލްގައި 2014 ބޭއްވި ވޯލްޑް ކަޕާއި 2018 ގައި ރަޝީއާގައި ބޭއްވި ވޯލްޑް ކަޕަށެވެ.

މެޗު ބަލަން ދިއުމުގެ އިތުރުން އެ ދަތުރާ ގުޅުވައިގެން އެ ގްރޫޕުން ވަނީ ތިމާވެއްޓަށް ވެސް ކަމެއް ކޮށްދޭން ނިންމައިފަ އެވެ. އެ ގްރޫޕުން ހުރަސްކުރާ ކޮންމެ ކިލޯމީޓަރަކަށް އާޖެންޓީނާގެ ކޮޑޯބާގެ ފަރުބަދަ ސަރަހައްދުގައި ގަހެއް އިންދާނެ އެވެ.