Roadha Mihaaru
ގަތަރުގެ ޝިޕިން ކޮންޓެއިނާ ސްޓޭޑިއަމަށް ސަމާލުކަން

ޝިޕިން ކޮންޓެއިނާއިން ހަދާފައިވާ ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމަށް ސަމާލުކަން

09 ޖެނުއަރީ 2022

ޝިޕިން ކޮންޓެއިނާ ބޭނުންކޮށްގެން، ހަދާފައިވާ ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމް އަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ޝިޕިން ކޮންޓެއިނާ ބޭނުންކޮށްގެން، ހަދާފައިވާ ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމް އަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ގަތަރުގެ ވެރިރަށް، ދޯހާގެ ޕޯޓް ސަރަހައްދުގައި ހުންނަ ސްޓޭޑިއަމް ހެދުމަށް ބޭނުންކޮށްފައި ވަނީ، 974 ކޮންޓެއިނާ އެވެ. އެ އަދަދަކީ ގަތަރުގެ އިންޓަނޭޝަނަލް ކޯޑް ނަންބަރެވެ. އެ ދަނޑަށް ނަން ދީފައި ވަނީ ވެސް "ސްޓޭޑިއަމް 974" ގެ ނަމުންނެވެ.

ސްޓޭޑިއަމްގެ ބޭރު އަދި ފާހާނާތައް ހެދުމަށާއި ބައެއް ސްޓޭންޑްތައް ހެދުމަށް، ކޮންޓެއިނާ ބޭނުންކޮށްފައިވެ އެވެ.

ގަތަރުގެ ވޯލްޑް ކަޕަށް ހަދައިފައިވާ ކޮންޓެއިނާ ސްޓޭޑިއަމް

ގަތަރުގެ ވޯލްޑް ކަޕަށް ހަދައިފައިވާ ކޮންޓެއިނާ ސްޓޭޑިއަމް

މިދިޔަ މަހު ގަތަރުގައި ނިމުނު، ފީފާ އަރަބް ކަޕްގެ މެޗުތައް ވަނީ މި ދަނޑުގައި ކުޅެފަ އެވެ. މި އަހަރުގެ ނޮވެމްބަރު/ ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕުގެ ބައެއް މެޗުތައް މި ދަނޑުގައި ކުޅޭނެ އެވެ. ސްޓޭޑިއަމްގެ ކެޕޭސިޓީ އަކީ 40،000 މީހުންގެ ޖާގަ އެވެ.

ފީފާ ވޯލްޑް ކަޕަށް، ހާއްސަކޮށް އަށް ސްޓޭޑިއަމެއް ގަތަރުން ބިނާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް ސްޓޭޑިއަމްތަކަކީ، މުބާރާތް ނިމުމަށް ފަހު ރޫޅާލާނެ ތަންތަނެވެ. ގަތަރުގެ ވޯލްޑް ކަޕަށް ފަހު ބައެއް ގައުމުތަކުގައި ސްޓޭޑިއަމްތައް އިމާރާތްކޮށްދޭން ގަތަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެތެރެއިން ބައެއް ސްޓޭޑިއަމްތައް އަލުން ރާވާނީ، ގަތަރުން ސްޓޭޑިއަމްތައް ހަދައިދޭ ގައުމުތަކުގަ އެވެ.