21 ޖުލައި 2021
އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ހަދާ ސްޓޭޑިއަމްތަކުގެ ތެރެއިން ތަނެއް މުބާރާތް ނިންމައިލުމަށް ފަހު ރޫޅައިލާނެ ކަމަށް ބުނެފި އެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ހަދާ ސްޓޭޑިއަމްތަކުގެ ތެރެއިން ތަނެއް މުބާރާތް ނިންމައިލުމަށް ފަހު ރޫޅައިލާނެ ކަމަށް ބުނެފި އެވެ.
މިއީ ވޯލްޑް ކަޕް ބާއްވަން ހަދާ މަތީ ފެންވަރުގެ ސްޓޭޑިއަމެއް މުބާރާތަށް ފަހު ރޫޅައިލާ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.
ގަތަރުން ވޯލްޑް ކަޕަށް ހަދާ ސްޓޭޑިއަމްތަކުގެ ތެރެއިން ރަސް އަބޫ އަބޫދް ސްޓޭޑިއަމްގެ މަސައްކަތް ފަށާފައި ވަނީ 2017 ގަ އެވެ. މި އަހަރުގެ ނިޔަލަށް އެތަން ނިންމައިލެވޭނެ އެވެ.
މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ މި ސްޓޭޑިއަމަކީ އެ ގައުމުގެ އައްސޭރި ފަށުގެ 4.8 މިލިއަން އަކަފޫޓް (450،000 އަކަމީޓަރު) ގެ ސަރަހެއްދައި ހަދާ ރަސް އަބޫ އަބޫދު ސްޓޭޑިއަމްގެ ބޭރުން ފެންނާނީ ހާމަކޮށް އޮންނަ މޫދާ ކައިރި ސަރަހައްދެކެވެ.
ސްޓޭޑިއަމްގެ ޑިޒައިނާއި އެތަނުގެ މަސައްކަތް ފަށާފައި ވަނީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ. އެހެންވެ ސްޓޭޑިއަމްގެ މަސައްކަތްކުރާ ދުވަސްވަރު އެކަމަށް ބޭނުންކުރާ ސާމާނާއި އެ ނޫން ވެސް އެހެން ވަސީލަތްތަކުން ތިމާވެއްޓަށް ގެއްލުންވާ މާއްދާތައް ބޭރުވާ މިންވަރާއި އުފެދޭ ކުނިބުނީގެ އަދަދު ވެސް ވަރަށް ދަށްކުރެވޭނެ އެވެ.
އަހަރެމެން ނިންމާފައި އޮތީ ވޯލްޑް ކަޕް ނިންމައިލުމަށް ފަހު، ސްޓޭޑިއަމް ރޫޅާލައި އެހެން ގައުމަކަށް ގެންގޮސް ނުވަތަ އެހެން ދިމާލެއްގައި ވިޔަސް އެ ސްޓޭޑިއަމް އަލުން ރާވާލަން. މިސާލަކަށް ވިހި ހާސް މީހުންގެ ޖާގަ ހުންނަ ގޮތަށް ދެ ސްޓޭޑިއަމް ގޮތަށް ވެސް އެކަން ކުރެވިދާނެ.
ނަމަވެސް ފީފާ އިން މިދިޔަ ޖޫން މަހު އަންދާޒާކޮށްފައިވާ ގޮތުގައި ގަތަރުގައި ހަދާ މި ސްޓޭޑިއަމާ އެކު 3.6 މިލިއަން ޓަނުގެ ކާބަންޑައޮކްސައިޑް އުފެދޭނެ އެވެ. އެއީ 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ކުރި މަސައްކަތުގެ ތެރޭގައި އުފެދުނު އަދަދަށް ވުރެ 1.5 މިލިއަން ޓަނުގެ އިތުރުވުމެކެވެ.
ކުއާޓާ ފައިނަލްގެ ހަތް މެޗެއް ކުޅެން ހަދާ ސާޅީސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ރިސައިކަލްކުރި ސްޓީލް އެވެ. އަދި ސްޓޭޑިއަމް ހަދަނީ ގަތަރު ރަޒްމުކޮށްދޭ ސިފަތަކާއި ފާޑުވެރިކަމާ އެކީގަ އެވެ.
ރަސް އަބޫ އަބޫދް ސްޓޭޑިއަމްއާ ބެހޭ ގޮޮތުން ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު އަލް އަތުވަން ސީއެންއެން އަށް ވިދާޅުވީ ސްޓޭޑިއަމް ޑިޒައިންކޮށްފައި ވަނީ ފަސޭހައިން ރޫޅައި ދިމާދިމާ އަށް ގެންދެވޭ ގޮތަށް ކަމަށެވެ. ސްޓޭޑިއަމްގެ މައިގަނޑު ބައިތަކަށް ބަލާ އިރު މީގައި ކޮންޓެއިނާ ފަދަ އެއްޗެހި ބޭނުންކުރެ އެވެ.
"މުޅި ސްޓޭޑިއަމަށް ބެލިޔަސް އެތަނުގައި ބޭނުންކޮށްފައި ހުންނާނެ ކޮންމެ އެއްޗަކީ ފަސޭހައިން ރޫޅާލައި، މޫވްކުރެވޭނެ އެއްޗެހި،" މުހައްމަދު ވިދާޅުވި އެވެ. "އެހެންވީމަ އަހަރެމެން ނިންމާފައި އޮތީ ވޯލްޑް ކަޕް ނިންމައިލުމަށް ފަހު، ސްޓޭޑިއަމް ރޫޅާލައި އެހެން ގައުމަކަށް ގެންގޮސް ނުވަތަ އެހެން ދިމާލެއްގައި ވިޔަސް އެ ސްޓޭޑިއަމް އަލުން ރާވާލެވޭ ގޮތަށް. މިސާލަކަށް ވިހި ހާސް މީހުންގެ ޖާގަ ހުންނަ ގޮތަށް ދެ ސްޓޭޑިއަމް ގޮތަށް ވެސް އެކަން ކުރެވިދާނެ."
އޭނާ ވިދާޅުވި ގޮތުގައި ރަސް އަބޫ އަބޫދް ސްޓޭޑިއަމްކީ އާދައިގެ ތަނަކަށް ނުވާނެ އެވެ. އެހެންވެ އެތަނުން ގަތަރުގެ ވަރުގަދަކަމާއި ކުރިއެރުން ދައްކުވައި ދޭނެ ކަމަށް ވިދާޅުވި އެވެ.
"މި ސްޓޭޑިއަމްގެ ސަބަބުން އަހަރެމެން ގަބޫލުކުރަނީ ވޯލްޑް ކަޕް ކަހަލަ ބޮޑެތި އެހެން ފުޓްބޯޅަ މުބާރާތްތަކަށް ވެސް ފުރުސަތު އޮތް ތަނަކަށް މުސްތަގުބަލުގައި ގަތަރުވެގެން ދާނެ ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.
މުބާރާތަށް ފަހު ސްޓޭޑިއަމް ރޫޅައިލުމުން އެ ބިން ބޭނުން ކުރާނެ ގޮތެއް އަދި މުޅިން ނުނިންމަ އެވެ. އެކަމުގެ ޕްލޭންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި އަންނަނީ ކުރެވެނުންނެވެ.
"މިސާލަކަށް އެ ބިން ބޭނުން ކުރެވިދާނެ ޕަބްލިކް ގްރީން ސްޕޭސްއަކަށް. ނޫނީ މިކްސްޑް ކޮމާޝަލް އަދި ރެޒިޑެންޝަލް ޕްރޮޖެކްޓަކަށް ވެސް،" މުހައްމަދު ވިދާޅުވި އެވެ. "ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަން ޕޮޓެންޝަން އޮތް ބިމެއް އެތަނަކީ. އެހެންވީމާ އުންމީދުކުރެވޭ ވޯލްޑް ކަޕް ނިމިގެންދާ އިރު އެތަން ބޭނުން ކުރާނެ އެހެން ގޮތަކާ ދޭތެރޭ އަހަރެމެންނަށް އާ ހިޔާލުތަކެއް ވެސް ލިބިގެން ދާނެ ކަމަށް."
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ރަސް އަބޫ އަބޫދު ސްޓޭޑިއަމާ އެކު ގަތަރުން ޖުމްލަ އަށް ސްޓޭޑިއަމެއް ބޭނުންކުރާނެ އެވެ. އެއީ އަލް ބައިތު ސްޓޭޑިއަމް، އަލް ޖަނޫބް ސްޓޭޑިއަމް، އަހުމަދު ބިން އަލީ ސްޓޭޑިއަމް، އަލް ތުމާމާ ސްޓޭޑިއަމް، އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް، ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް އަދި ލުސައިލް ސްޓޭޑިއަމެވެ.
ފީފާ އެޕް: މެޗް ކުޅޭއިރު ނުލިބޭނެ މައުލޫމާތެއް ނެތް
ސައުދީ އާއި ޖަޕާންގެ ނަތީޖާއިން ގަތަރަށް ހިތްވަރު
އަނގަމަތި ނިވާކޮށްގެން ޖަރުމަނުން ހަޅުތާލުކޮށްފި
އިޓަލީ އަށް ވޯލްޑް ކަޕުގެ ފުރުސަތު ލިބިދާނެ!
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
ގަތަރުގެ ޝިޕިން ކޮންޓެއިނާ ސްޓޭޑިއަމަށް ސަމާލުކަން
ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން އެދިއްޖެ
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟