Roadha Mihaaru
ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން އެދިއްޖެ

ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން ޕީއެސްއެމުން އެދެފި

10 އެޕްރީލް 2018

މި އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކަމަށް ވިޔަސް ހުއްދަ ނެތި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" ގެ ނަމުގައި ބައެއް މީޑިއާތަކާއިި ވިޔަފާރި ކުންފުނިތަކުން ހުއްދަ ނޫން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެސްއެމުން މިއަދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕްގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން ވެސް ހަރަކާތެއް ހިންގާ ނަމަ އެ ފަރާތްތަކުން އެ ކުރަނީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ.

ޕީއެސްއެމުން ބުނީ އެއީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން އެކަމުގެ ސަބަބުން ފީފާގެ އޮފިޝަލް ސްޕޮންސަރުންނާއި ފީފާގެ ހުއްދަ ލިބިފައިވާ ޕީއެސްއެމްގެ ކަވަރެޖްގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ލިބިފައިވާ ހައްގުތަކަށް ވެސް އުނިކަން ލިބޭ ކަމެއް ކަމަށެވެ.

"...އެހެންވެ އޮފިޝަލް ލައިންސަންސް ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ޕީއެސްއެމަށް މަތިކޮށްފައިވާ ޒިންމާތަކާއި ލިބިފައިވާ ބާރުގެ ދަށުން މިފަދަ ކަންކަމުގައި އަމަލު ކުރާ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އަޅަމުން ދާނެ ކަމަށް ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

ޕީއެސްއެމުން ބުނި ގޮތުގައި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" އާ ގުޅިގެން ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް، ޖަމާއަތެއް، ވިޔަފާރި ކުންފުންޏެއް އަދި މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގަން ޝައުގުވެރިވާ ނަމަ އެ ފުރުސަތު ޕީއެސްއެމާ ގުޅިގެން ހިންގުމުގެ ފުރުސަތު އޮންނާނެ އެވެ.