05 ޑިސެމްބަރ 2022
ޓީވީ އިން ފުޓުބޯޅަ މެޗުތައް ބަލާ އިރު، ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ މެޗުގެ ތަފާސް ހިސާބުތައް ދެނެގަތުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެތައް ހާސް ސަޕޯޓަރުންނަކާ އެކު ފުލް ހައުސް ސްޓޭޑިއަމެއްގެ ތެރޭގައި، ކުޅޭ ކުޅުންތެރިން ނޭނގުމާއި އެ ކުޅުންތެރިންގެ ތަފާސް ހިސާބުތައް ދެނެގަތުމުގެ އުނދަގޫ ކޮންމެ ސަޕޯޓަރަކަށްމެ ކުރިމަތި ވާނެ އެވެ.
ޓީވީ އިން ފުޓުބޯޅަ މެޗުތައް ބަލާ އިރު، ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ މެޗުގެ ތަފާސް ހިސާބުތައް ދެނެގަތުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެތައް ހާސް ސަޕޯޓަރުންނަކާ އެކު ފުލް ހައުސް ސްޓޭޑިއަމެއްގެ ތެރޭގައި، ކުޅޭ ކުޅުންތެރިން ނޭނގުމާއި އެ ކުޅުންތެރިންގެ ތަފާސް ހިސާބުތައް ދެނެގަތުމުގެ އުނދަގޫ ކޮންމެ ސަޕޯޓަރަކަށްމެ ކުރިމަތި ވާނެ އެވެ.
އެހެން ނަމަވެސް ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މެޗުތައް ބަލަން ސްޓޭޑިއަމަށް ވަންނަ ސަޕޯޓަަރުންނަށް މިއީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ރީޕްލޭތައް ވެސް އެކި އޭންގަލް ތަކުން، އަމިއްލަ ސްމާޓް ފޯނު މެދުވެރިކޮށް ބަލާލެވޭނެ އެވެ.
މެޗުތައް ލައިވް ކޮށް ބަލާލަން ސްޓޭޑިއަމް އަށް ވަންނަ ސަޕޯޓަރުންނަށް ފީފާ ޕްލަސް އެޕްލިކޭޝަނުގެ 'ސްޓޭޑިއަމް އެކްސްޕީރިއަންސް' މެދުވެރިކޮށް މި ހުރިހާ ފީޗާއެއް ބޭނުން ކުރުމުގެ ފުރުސަތު ފީފާ އިން ވަނީ ސަޕޯޓަރުންނަށް ފަހި ކޮށްދީފަ އެވެ.
އެޕްލިކޭޝަން މެދުވެރިކޮށް، ފޯނުން މުޅި ދަނޑު ބަލައިލާ އިރު، ކުޅުންތެރިއަކާ ދިމާއަށް ޓެޕް ކޮށްލުމުން އޮޓަމެޓިކުން އެއީ ކޮން ކުޅުންތެރިއެއްކަން ދެނެގަނެ، މެޗުގައި ކުޅުންތެރިޔާގެ އިންޑިވިޖުއަލް ތަފާސްހިސާބުތަކާއި ކުޅުންތެރިޔާގެ ދުވެލި ވެސް ދެނެގަނެވެ އެވެ. ވީއޭއާރު ރީޕްލޭ ތަކާއި މެޗުގެ އެކި ތަފާސްހިސާބުތައް ވެސް މި އެޕްލިކޭޝަނުން ބަލާލެވޭނެ އެވެ.
ސްޓޭޑިއަމް އެކްސްޕީރިއަންސް އިން ފޯރު ކޮށްދޭ ސްޓެޓިސްޓިކް ތަކަކީ ފީފާ އިން ޕޯސްޓް މެޗު އެނަލިސިސް ތަކަށް ވެސް ބޭނުންކުރާ ޑޭޓާ ތަކެވެ.
"އަހަރެމެން ބޭނުންވަނީ ފުޓްބޯޅަ ޑޭޓާ އެނަލިޓިކްސް އާއި ޓެކްނިކަލް އެކްސްޕާޓް އިންޓަޕްރިޓޭޝަނާ އެކު، އާ ފުޓްބޯޅަ އިންޓެލިޖެންސެއް އުފެއްދުމުގެ ތަސައްވުރު ހިއްސާކޮށް، އެންމެންނަށް ވެސް ގޭމް ރަނގަޅަށް ވިސްނޭނެ ގޮތް ހަދައިދޭން،" ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯޅް ޑިވެލޮޕްމަންޑް، އާސެން ވެންގާ ބުނެފައި ވެއެވެ.
"ފުޓްބޯޅައިގެ އިންޓެލިޖެންސް އިތުރުކުރުމަކީ ކުރިއަށް އޮތްތަނުގައި އަހަރެމެން ފުޓްބޯޅަ ތަހުލީލުކުރާނެ ގޮތުގެ ބްލޫޕްރިންޓަކަށް ވާނެ. އަހަރެމެން އާ ހޯދުންތަކަކާ ދިމާއަށް މިސްރާބު ޖަހައިފައި ވާއިރު، އެކަންކަން ފުޓްބޯޅައިގެ ދުނިޔެއާ ހިއްސާކުރަން ބޭނުންވޭ. އަހަރެމެންގެ އޮންލައިން ފީފާ ޓްރެއިނިން ސެންޓަރާއެކު، އެކަން ކުރުމަށް ވަރަށް ބަރާބަރު ވެހިކަލެއް ވެސް ވިބިފައިވޭ.
ޕާފޯމަންސް ޑޭޓާއާއި ވީޑިއޯ އަދި ޓެކްނިކަލް އެކްސްޕްލެނޭޝަންތަކާ އެކު ގޭމުގެ އާ ވިސްނުންތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ފުޓްބޯޅަ އެނަލިސިސް ކޮންޓެންޓްތައް ފޯރު ކޮށްދޭން އަހަރެންގެ ޓީމުން ކުރިއަށް އޮތް ތާނގައި ވެސް އިތުރު މަސައްކަތްތައް ކުރާނެ."
ފީފާ ޕްލަސް އެޕްލިކޭޝަންގެ 'ސްޓޭޑިއަމް އެކްސްޕީރިއަންސް' ފީޗާތައް ބަލާލެވޭނީ، ހަމައެކަނި ސްޓޭޑިއަމަށް ހާޒިރުވާ ސަޕޯޓަރުންނަށެވެ. ފޯނު ޓީވީއަށް ދިއްކޮށްގެން މި ފީޗާ މަސައްކަތެއް ނުކުރާނެ އެވެ.
އިޓަލީ އަށް ވޯލްޑް ކަޕުގެ ފުރުސަތު ލިބިދާނެ!
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
އާ ކަމެއް؛ ވޯލްޑް ކަޕަށް ފަހު ސްޓޭޑިއަމެއް ރޫޅާލަނީ
ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން އެދިއްޖެ
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުން ކޮމިޓީ އަށް