މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި "ޓެސްލާ" އިން ވަރަށް ފަހު 8.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި "ޓެސްލާ" އިން ވަރަށް ފަހު 8.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަސްކްގެ އެ ނިންމުން އައިސްފައި ވަނީ އޭނާ ޓްވިޓާ ގަތުމަށް ނިންމި ފަހުން ކަމަށްވެ އެވެ. އަދި ޓެސްލާގެ ހިއްސާ ވިއްކީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް އޭނާ ބޭނުންވާ ފައިސާ އެއްކުރުމުގެ ގޮތުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މަސްކަށް ޓްވިޓާ ވިއްކާލަން އެ ކުންފުނީގެ ބޯޑުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަސްކް ޓްވީޓްކުރި ގޮތުގައި އޭނާގެ ކާރު ކުންފުނިން ދެން އިތުރު ހިއްސާ ވިިއްކުމުގެ ވިސްނުމެއް ނެތެވެ. އެ ކުންފުނީގެ 15 ޕަސެންޓް ހިއްސާ އަދިވެސް އޮންނަނީ އޭނާގެ އަތުގަ އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ވެސް އީލޮން ވަނީ ޓެސްލާގެ 16.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކައިފަ އެވެ.
މަސްކް ޓްވިޓާ ގަންނަ ވާހަކަ އިއުލާންކުރުމާ އެކު މި މަހު ވަނީ ޓެސްލާގެ ހިއްސާގެ އަގު ވެސް 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ޓެސްލާގެ ސިއްރުތަކެއް ވަގަށް ނެގި ކަމަށް ބުނެ ދައުވާ
ޓެސްލާ އަށް ތިން ބިލިއަން ޑޮލަރުގެ ފައިދާ
ފުރަތަމަ ޝޯރޫމާ އެކު އިންޑިއާގެ ބާޒާރަށް ޓެސްލާ ވަދެފި
އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް ހަދަނީ
އީލޮން މަސްކަށް ޖިންސީ ފުރައްސާރައިގެ ބޮޑު ތުހުމަތެއް
އީލޮން މަސްކަަށް ޓްވިޓާ ވިއްކާލަން ނިންމައިފި: ރިޕޯޓް
ޓްވިޓާގެ ބޯޑުން ހިއްސާދާރުންނަށް އާ އުސޫލެއް ހަދައިފި
ފާޑުކިޔުމަށްފަހު މަސްކް ޓުވިޓާގެ ހިއްސާތަކެއް ގަނެފި
އީލޮންގެ ޓެސްލާ އިންޑިއާ އަށް ގެންނަން ވިޖޭ ލޮބީކުރަނީ
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް