ޗައިނާގެ ފެކްޓަރީތައް ބަންދުކުރަން ޖެހުނަސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 3.3 ބިލިއަން ޑޮލަރުގެ ފައިދާވެފައިވާ ކަމަށް، ކާރު އުފައްދާ މަޝްހޫރު ކުންފުނި ޓެސްލާ އިން ބުނެފި އެވެ.
ޗައިނާގެ ފެކްޓަރީތައް ބަންދުކުރަން ޖެހުނަސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 3.3 ބިލިއަން ޑޮލަރުގެ ފައިދާވެފައިވާ ކަމަށް، ކާރު އުފައްދާ މަޝްހޫރު ކުންފުނި ޓެސްލާ އިން ބުނެފި އެވެ.
މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ އެ ކުންފުނިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 18.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، 81 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ބުންޏެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.4 ބިލިއަން ޑޮލަރެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓެސްލާ އަށް ވަރަށް ކާމިޔާބެވެ. އެ ކުންފުނިން ވަނީ މިދިޔަ މަހު ޖަރުމަނުގެ ވެރިރަށް ބާލިންގައި އަދި މި މަހު އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ އޮސްޓިންގައި ވެސް އާ ކާރު ފެކްޓަރީއެއް ހުޅުވައިފަ އެވެ.
އެކަމަކު، ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ޗައިނާގެ ޝެންހާއީގައި ހުންނަ އެމީހުންގެ ފެކްޓަރީ ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ލަފާކުރެވިފައި އޮތީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ ދަށްވާނެ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ ތިން މަސް ތެރޭގައި އުފެއްދި ވެހިކަލްތަކުގެ އަދަދު ވެސް މަތިއިރު، ގިނަ ޑެލިވަރީތަކެއް ވެސް ވަނީ ކޮށްފަ އެވެ. ފުރަތަމަ ކުއާޓާގައި ވަނީ 310،048 ވެހިކަލް ކަސްޓަމަރުންނަށް ޑެލިވަރީކޮށްދީފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޑެލިވަރީ ކުރެވުނީ 184،000 ވެހިކަލެވެ.
ޓެސްލާގެ ސިއްރުތަކެއް ވަގަށް ނެގި ކަމަށް ބުނެ ދައުވާ
ފުރަތަމަ ޝޯރޫމާ އެކު އިންޑިއާގެ ބާޒާރަށް ޓެސްލާ ވަދެފި
ޓެސްލާ އިން 8.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކައިފި
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް ހަދަނީ
އީލޮން މަސްކަށް ޖިންސީ ފުރައްސާރައިގެ ބޮޑު ތުހުމަތެއް
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އީލޮންގެ ޓެސްލާ އިންޑިއާ އަށް ގެންނަން ވިޖޭ ލޮބީކުރަނީ
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ