27 އެޕްރީލް 2022
ކޮމިއުނިކޭޝަން, ސައެންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ 169 މިލިއަން ރުފިޔާގެ ހަރު މުދަލުގެ ސައްހަކަން ކަށަވަރުކޮށްފައި ނެތް ކަމަށް 2020 ވަނަ އަހަރުގެ އެ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ކޮމިއުނިކޭޝަން, ސައެންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ 169 މިލިއަން ރުފިޔާގެ ހަރު މުދަލުގެ ސައްހަކަން ކަށަވަރުކޮށްފައި ނެތް ކަމަށް 2020 ވަނަ އަހަރުގެ އެ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގައި ވެސް ވަކި މައުލޫމާތުތަކެއް ފުރިހަމަކޮށް ބަލަހައްޓާފައި ހުންނަން ވާނެ އެވެ.
މި މަހުގެ 21 ވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ކޮމިއުނިކޭޝަން މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އިން ހޯދަފައިވާ ގިނަ އަދަދެއްގެ މައިކްރޯ ސޮފްޓް ލައިސެންސްތައް ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނާފައި ނެތް ކަމަށެވެ. އަދި އެ ސެންޓަރުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނާފައިވާ ބައެއް ހަރުމުދަލުގެ އަގު ހަރުމުދަލުގެ ރަޖިސްޓްރީން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.
މާލީ ބަޔާނުގައި ހިމެނޭ "މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާން" ގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ ޖުމުލަ އަގު ކަމުގައިވާ 169,202,657ރ. އަކީ އެ ތާރީހުގެ ނިޔަލަށް މިނިސްޓްރީގެ މިލްކިއްޔާތުގައި ހިމެނޭ ހަރުމުދަލުގެ ސައްހަ އަގުކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ.
އެންސީއައިޓީގެ އެސެޓްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަހަރަކު އެއް ފަހަރު ޗެކްކޮށް، މާލީ ޒިންމާދާރުވެރިޔާ ސޮއިކޮށްފައި ނެތްކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ
އެހެންވެ އޮޑިޓު އޮފީހުން ވަނީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ލިބުނު ތާރީހާއި މުދަލުގެ އަގާއި މުދާ ހުރި ތަން އަދި މުދަލަށް ފަހުން އަންނަ ބަދަލު ރަޖިސްޓަރީގައި ހިމަނައިގެން ބެލެހެއްޓުމަށް ލަފާދީފަ އެވެ. އަދި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކްކޮށް ބެލުމަށް ވެސް އަންގާފައިވެ އެވެ.
ތަކެއްޗާ ހަވާލުވެ ހުރި މުވައްޒަފަކާއި ހަރުމުދާ ޗެކްކުރި ކަމުގެ ލިޔުމެއްގައި ސޮއިކުރުމަށާއި ޗެކްކުރިއިރު އުނިއިތުރެއްވާ ނަމަ އެކަމާ މެދު ނިންމި ގޮތް ބަޔާންކޮށް، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު ސޮއިކުރުމަށް ވެސް ލަފާދިނެވެ.
ރިޕޯޓުގައި ވަނީ އެމްޑީޕީ ކޮލިޓީގެ އޮޅުވާލުން: މަލީހް
"ބެންކޮކް ދަތުރާ ގުޅޭ އޮޑިޓް ރިޕޯޓް ހަގީގަތާ ޚިލާފު"
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
ދިޔަމިގިލީ ކައުންސިލުން 6 ލައްކަ ރުފިޔާ ގެއްލިއްޖެ